އޭދަފުށި ކަޓައިފި. ފެހެންދޫ ޒޯން މުބާރާތަށް

DSCN1983.jpg

ފެހެންދޫ ޓީމް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން އޭދަފުށި ކަޓައި ޒޯން މުބާރާތަށް ފެހެންދޫ ކޮލިފައިވެއްޖެ އެވެ.

މިއަދު ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މި ދެޓީމު ބައްދަލުކުރިމެޗު 2-0 އިން އޭދަފުށި ކާމިޔާބު ކުރިނަމަވެސް ފެހެންދޫ ޓީމަށް ބ. އަތޮޅުގެ ޗެމްޕިއަންކަން ލިބުނީ 3-3ގެ އެގްރެގޭޓް ނަތީޖާއާއެކު އަވޭ ގޯލުގެ ތަފާތަށް ބަލައިގެން ނެވެ. ޒޯން މުބާރާތަށް ކޮލިފައިވާން މި މެޗުގައި އޭދަފުށިން 3 ގޯލުގެ ތަފާތަކުން ފެހެންދޫ ބަލިކުރަން ޖެހެއެވެ.

މިއީ މިދިޔަ ތިން އަހަރަށް ބަލާއިރު އަތޮޅު މުބާރާތާއި ޒޯން މުބާރާތުގެ ޗެމްޕިއަން އޭދަފުށި ، ޒޯން މުބާރާތަށް ކޮލިފައިނުވެ މުބާރާތުން ކެޓި ފުރަތަމަ ފަހަރެވެ.

މިއަދުގެ މެޗުގައި އޭދަފުށީ ޓީމުން ލީޑު ނެގީ ފުރަތަމަ ހާފު ނިމެނިކޮށެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނު ތަނާ ހެން އިތުރު ލަނޑެއް ޖަހައި  ލީޑް ފުޅާކުރިއެވެ.

އަތޮޅު މުބާރާތުގައި ބ. އަތޮޅުން ބައިވެރިވީ  ހަމައެކަނި އެދަފުއްޓާއި ފެހެންދޫއެވެ. ފެހެންދޫ އާ އެކު ޒޯން މުބާރާތުގައި ވާދަކުރާނީ ރ. އަތޮޅު ޗެމްޕިއަނުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top