ޔޫތު ލީޑަރޝިޕް ޕްރޮގްރާމް 2018 ގެ ނަމުގައި ޔޫއެންޑީޕީގެ ފަރާތުން ސޮނޭވާފުށީ ރިސޯޓާ ގުޅިގެން ބ.އަތޮޅުގައި ހިންގަން ނިންމައިފިއެވެ.
މި ޕްރޮގްރާމް ހިންގަން ނިންމާފައިވަނީ ސްކޫލްތަކުގެ މިޑްޓާމް ޗުއްޓީގެ ތެރޭގައި ބ.މާޅޮހުގައި ކަމަށް ޔޫއެންޑީޕީ އިން މައުލޫމާތު ދެއެވެ. ފުރަތަމަ ޓާމުގެ ޗުއްޓީ ފެށެނީ މާޗު 24ގައެވެ.
އުމުރުން 16 އަހަރުން ފެށިގެން 20 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ބައިވެރިވުމުގެ ފުރުސަތުއަންނަ އަންނަ އަންގާރަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައެވެ.
ޔޫއެންޑީޕީން ބުނީ މި ޕްރޮގްރާމުގައި ރަށްރަށުގައި މުޖުތަމައަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އިސްނަގައިގެން ބައިވެރިވުމުގެ މުހިންމު ކަމުގެ މައުލޫމާތުދީ ހޭލުންތެރި ކުރުވާނެ ކަމަށާއި ތަމްރީނާއި ހުނަރު ދަސްކޮށްދިނުމުގެ އިތުރުން އަމަލީ ގޮތުން ބައެއް ހަރަކާތްތަކުގައިވެސް އެ މީހުން ބައިވެރިކުރުވާނެ ކަމަށެވެ.
ތިރީގައި އެވާ ލިންކުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެޕްލައި ކުރެވޭނެ އެވެ.
https://goo.gl/forms/uVwIsYhdzumj6YZz2