އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހަވާލުކޮށްފައިވާ މޯލްޑިވްސް ރޯޑް ޑިވލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ )ގެ މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސަސްގެ ދަށަށް ބަދަލުކޮށްފިއެވެ.
އެމްއާރުޑީސީގެ ބިޒިނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް ފިޔަވައި ހުރިހާ ޑިޕާޓްމަންޓެއްގެ މުވައްޒަފުންނާއި މަސައްކަތްތައް ވަނީ މިދިޔަ މަހުން ފެށިގެން ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކް ސާވިސަސްގެ ދަށަށް ބަދަލުކޮށްފައެވެ.
އެމްއާރުޑީސީގެ ގިނަ މަސައްކަތްތަކެއް ޕަބްލިކް ވޯކްސް ސާވިސަސްގެ ދަށަށް ބަދަލުކޮށްފައި މިވަނީ، އެމްއާރުޑީސީ ކުންފުނި އުވާލަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މަޝްވަރާކޮށްފައިވަނިކޮށެވެ.
އޭދަފުށީގެ މަގުތަކާއެކު ބައެއް ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ އިތުރުން ނަރުދަމާ އެޅުމާއި ފުޓުސެލް ދަނޑުތައްއެޅުން ފަދަ މަސައްކަތްތައް މިހާރުވެސް އެމްއާރްޑީސީ އިން އަންނަނީ ކުރަމުން ނެވެ.