ރީތިބީޗް ރިސޯޓުގެ ދޯންޏެއްގައި ރޯވެއްޖެ

big_2UDVqWTPl5iqKOY.jpg

ބ.ފޮނިމަގޫދޫގައި ހިންގަމުން އަންނަ ރީތި ބީޗްރިސޯޓުގެ ދޯންޏެއްގައި މިއަދު އަލިފާން ރޯވެ އެދޯނި ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނިގޮތުގައި ދޯނީގައި ރޯވީ، ކޮކޯ ބޮޑު ހިތި ރިސޯޓާ ހަ މޭލް ދުރުގައި އޮއްވައެވެ. އަދި އެދޯނީގައި ފުރަތަމަ ރޯވީ އިންޖީނު ބައިގައި ކަމަށާ އަލިފާން ރޯވިއިރު ދޯނީގައި ތިބީ ތިން ދިވެހިންނާއި ބިދޭސީއެއް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.  ދޯނީގައި ރޯވުމާއެކު އެ މީހުން މޫދަށް ފުންމާލުމުން އެއްވެސް މީހަކަށް އަނިިޔާއެއް ނުވެ އެވެ.

އަލިފާން ރޯވުމުގެ ސަބަބުން ދޯނީގެ ބޮޑު ބައެއް އަނދާފައިވުމާއެކު މިއަދު ހަވީރު 4:35ގައި ދޯނިވަނީ އަޑިއަށް ގޮސްފައެވެ.

ފުލުހުން މިހާރު އަންނަނީ މިކަން ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top