ވެލާރިސޯޓުން މިމަހުގެ ސަރވިސްޗާޖް 3000ޑޮލަރ

6Velaa-863x541.jpg

ވެލާ ޕްރައިވެޓް އައިލެންޑް -ފޮޓޯ : ޓީއެލް ޕޯޓްފޯލިއޯ ޑޮޓްކޮމް

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން އެތަނުގެ މުވައްޒަފުންނަށް މި މަހުގެ ސާވިސްޗާޖްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3000 ޑޮލަރު (46260ރ) ދޭން ނިންމައިފިއެވެ. އެގޮތުން  މިމަހު ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް މިލިއަނެއްހައި ޑޮލަރު އެރިސޯޓުން ދޭނެއެވެ.

ނ.އަތޮޅުގައި އޮންނަ ރާއްޖޭގެ އެންމެ އަގުބޮޑު އެއްރިސޯޓުގެ ގޮތުގައި ފާހަގަކުރެވޭ މި ރިސޯޓުން ވަނީ މިދިޔަ ޑިސެމްބަރ މަހު ވެސް މުވައްޒަފުންނަށް ސާވިސް ޗާޖްގެ ގޮތުގައި 1300 ޑޮލަރު ދީފައެވެ.

ވެލާ ޕްރައިވެޓް އައިލެންޑް ހިންގަން ފެށީއްސުރެ އެރިސޯޓް ދިވެހިންގެ މެދުގައި މަޝްހޫރުވެފައިވަނީވެސް މުވައްޒަފުންނަށް އެންމެ ގިނައިން ސާވިސްޗާޖް ދޭ ރިސޯޓުގެ ގޮތުގައެވެ. މައުލޫމާތު ލިބޭ ގޮތުގައި ސާވިސް ޗާޖްގެ ގޮތުގައި ކޮންމެ މަހަކު ވެސް މުވައްޒަފުންނަށް ހާހަކަށް ވުރެ ގިނަ ޑޮލަރު ދެއެވެ.

47 ކޮޓަރީގެ މިރިސޯޓްގައި 350 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރެއެވެ.

ހަތް ވައްތަރެއްގެ ކޮޓަރި ވިއްކާ އެރިސޯޓްގައި ހަފްތާއެއްހާ ދުވަހުގެ ޗުއްޓީއަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރަން ޖެހެއެވެ.

ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ދެހާސް ޑޮލަރަށް ވުރެ ވެސް މަތިން ސާވިސް ޗާޖް ދެއެވެ. ނަމަވެސް ގިނަ ރިސޯޓްތަކުގައި ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ދޭ ފައިސާ އެއްހާސް ޑޮލަރަށް ވެސް ނާރައެވެ. އަދި ބައެއް ރިސޯޓްތަކުން ސާވިސް ޗާޖް ނުދީ އެތައް މަހެއް ވަންދެން މަޑުކުރާ ވާހަކައާއި ސަވިސްޗާޖަށް ކޮންމެ މަހަކު ވަކި އަދަދެއް ކަނޑައަޅާފައިވާ ރިސޯޓުތައް ހުންނަ ވާހަކައަކީވެސް  އެރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހީންގެ ފަރާތުން އިވޭ އަޑު ތަކެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top