ރަސްލީ ސުޕާރީގެ އަގު މައްޗަށް

rasily-supari-classic-mani_1024x1024-755x435.jpg

ރާއްޖޭގެ ޚާއްސަކޮށް ޒުވާނުންގެ މެދުގައި އެންމެ މަގުބޫލް ރަސްލީ ސުޕާރީގެ އަގު ވަރަށް ބޮޑުތަން އުފުލިއްޖެއެވެ. ރާއްޖެއަށް ސުޕާރީ އިމްޕޯޓް ކުރާ ލޮޓަސް ފިހާރައިން ކުރިން 1050 ރުފިޔާ އަށް ވިއްކަމުން އައި ކޭސް މިހާރު ވިއްކަމުން އަންނަނީ 1500 ރުފިޔާ އަށެވެ.

މާލެއިން ގަންނަން ލިބޭ އަގު ބޮޑުވުމުން އޭދަފުށީގެ ފިހާރަތަކުން ވެސް މިހާރުވަނީ އަގު ބޮޑުކޮށްފައެވެ. ކުރިން 16 ރުފިޔާ އަށް ވިއްކަމުން އައި ސުޕާރީ ފޮށި މިހާރު ވިއްކަމުން ގެންދަނީ 25 ރުފިޔާ އަށެވެ. ރުފިޔާއަކަށް ތިން ސުޕާރީ ކުރިން ލިބުނު ނަމަވެސް ވަކިސުޕާރީ އެއް މިހާރު ލިބެނީ 50 ލާރިއަށެވެ.

އޭދަފުށީގެ ހީނާ އައިޓަމްސް ފިހާރައިން ބުނީ އެފިހާރައިން ވިއްކާ ސުޕާރީގެ އަގު އަދިވެސް ބޮޑުވެދާނެ ކަމަށާއި މާލެއިން އަލަށް އަންނަ ސުޕާރީގެ އަގު ބޮޑުވެއްޖެނަމަ އެނިސްބަތަކުން  ބޮޑުކުރަން ޖެހޭނެ ކަމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕާރީގެ އަގު ބޮޑުވީ ޕާކިސްތާނުން، މި އުފެއްދުން ބޭރު ކުރުން ހުއްޓާލުމުންނެވެ. ޕާކިސްތާނަކީ ރަސްލީ ސުޕާރީ އުފައްދާ ގައުމެވެ.

ރަސްލީ ސުޕާރީ އަކީ ދިވެހިންގެ ގިނަ ބަޔަކު ދުފުމުގެ ގޮތުގައި ބޭނުންކުރާ ސިއްހަތަށް ގެއްލުން ހުރި އެއްޗެކެވެ. ސުޕާރީ ކެއުމުގެ ސަބަބުން ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކޭސްތައް ދިވެހިންގެ ތެރެއިން ފެނިފައިވެއެވެ.

ދިވެހިންގެ ތެރެއަށް ސުޕާރީ އާއްމުވެފައިވަނީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top