ހާޓްއެޓެކް ޖެހުމުގެ އެއްމަސްދުވަސްކުރިން އެކަން ދެނެގަނެވޭނެ

shutterstock_96242975-e1455910062866.jpg

ހިތްހުއްޓުން ނުވަތަ ހާޓްއެޓޭކަކީ ދުނިޔޭގެ ނިސްބަތަށް ބަލާއިރުވެސް ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ހިމެނޭ އެންމެ އާއްމު އެއް ބައްޔެވެ. ހަމައެއާއެކު ކުއްލިއަކަށް އެންމެ ގިނައިން މީހުން މަރުވަމުންދާ ބަލީގެ ރެކޯޑުވެސް ކުރެވިފައިވަނި މިބަލީގައެވެ.

އެހެންވީމާ ރައްކާތެރިކަމާއެކު ހިތް ގެންގުޅުމަށް ފަރުވާތެރިވާން ޖެހެއެވެ. މިގޮތުން ބަލާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހެނީ ދިރިއުޅުމުގެ އާދަތަކަށެވެ. ސްޓްރެސްފުލް ނުވަތަ ހާސްވުމާއި ފިކުރުތަކުގެ ތެރޭގައި ދިރިއުޅުމާއި، ދިރިއުޅުމުގެ ނުރަނގަޅު އާދަތަކާއެކު ސިއްހަތަށް ރަނގަޅު ނޫން ކާނާ ބޭނުން ކުރުމަކީ ހާޓްއެޓޭކް ޖެހުމުގެ މައިގަނޑު އެއްސަބަބެވެ.

އެހެން ބަލިތަކާ ޚިލާފަށް ހާޓްއެޓެކް ޖެހުމުން ވަގުތުން ފަރުވާ ނުދެވިއްޖެނަމަ އެމީހާގެ ފުރާނަ ދިއުން އޮންނަނީ ވަރަށް ގާތުގައެވެ. ވަގުތުން ފަރުވާ ދެވުނަސް ފުރާނަ ސަލާމަތް ކުރުމުގެ ޗާންސް ބައެއް ފަހަރު އޮންނަނީ ވަރަށް ކުޑަވެފައެވެ.

ހާޓް އެޓޭކެއްޖެހުމުގެ އެއް މަސްދުވަސް ކުރިން ހަށިގަނޑަށް ބަދަލު ތަކެއް އަންނާނެކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. މި ބަދަލުތަކާއެކު ފަރުވާ ކުރެވިއްޖެނަމަ ހާތްއެތެކެއް ނުޖެހި ސަލާމަތް ވެވިދާނެއެވެ. މި އާޓިކަލް އެކަމަށް އެހީވެދޭނެއެވެ.

ނޭވާކުރުވުމާއި ނޭވާލުމުގައި އުނދަގޫވުން

ހާޓްއެޓޭކެއް ޖެހުމުގެ ކުރިން ނޭވާލުމަށް އުނދަގޫވުމަކީ އާއްމުކޮށް ހިނގާ ކަމެކެވެ. މި ކަން މިގޮތަށް ދިމާވަނީ ހިތަށް ބޭނުންވާ ވަރަށް ލޭ ސަޕްލައިކޮށްދޭ ނިޒާމުގައި މައްސަލަ ޖެހުމުންނެވެ. ފުއްޕާމެއަށް ފުދޭވަރަށް އޮކްސިޖަން ނުލިބޭކަމަށްވާނަމަ ހިތަށާއި ހިތުން ލޭ ފޮނުވާ ނިޒާމަށް ބާރުބޮޑުވާނެއެވެ. އެހެންވީމާ ނޭވާލުމަށް އުނދަގޫ ވާނެއެވެ. ނޭވާ ކުރުވަނީ މިހެންވެގެންނެވެ. މިހާލަތުގައި އަވަހަށް ޑޮކްޓަރަކަށް ދައްކަންވާނެއެވެ. ހަމަމިއާއެކު ދަތްދޮޅި، ކަނދުރާ ނުވަތަ ބުރަކަށްޓަށް ތަދުވެ ރިއްސާނަމަވެސް މިއީ ހިތާ ގުޅުން ހުރިކަމަކަށް ވެދާނެތީވެ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ބުއްދިވެރި ކަމެކެވެ.

ވަރުދެރަވުން، ދާހިއްލުން 

އެއްވެސް ސަބަބަކާ ނުލައި ހަމަ ހުރެލާފައި ގައިގެ ވަރުދެރަވުމާ ޚާއްސަކޮށް ރޭގަޑު ދާހިއްލާނަމަ މިއީހިތް ހުއްޓުމުގެ ނިޝާނަކަށް ވެދާނެއެވެ. މިހާލަތުގައި ޑޮކްޓަރަކަށް ދައްކަންވާނެއެވެ.

އެނބުރުންއެރުން ، ވަރުބަލިވުމާއި ބީތާވެފައި ހުރުން

ވަރުބަލި ވުމާއި ނޭވާކުރުވުން ފަދަ ކަންކަމަކީ އާއްމު ކަމެކެވެ. އެއީ ނުރައްކަލުގެ ރަނގަބީލެއް ނޫނެވެ. ނަމަވެސް އާދައިގެ މަސައްކަތެއްގައި އުޅޭއިރު ނުވަތަ ޝޮޕިން ކުރުން ކަހަލަ ކަމެއްގައި ގައި ބާޒާރުގައި އުޅޭ އިރު ވެސް ވަރުބަލި ވުން އާއްމުކޮށް އިހްސާސްކުރެވޭނަމަ އެއީ ހަށިގަނޑު ޗެކް ކޮށްލަން ޖެހޭ ހާލަތެކެވެ.ހައެއާއެކު އެނބުރުން އެރުމާއި ފާޑަކަށް ބީތާ ވެފައި ހުންނަ ކަހަލަ ގޮތެއް ވަމުން ދާނަމަވެސް އެއީ ހިތުގެ މައްސަލައެއްކަމަށް މާހިރުން ބުނެއެވެ. އަވަހަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދަން ވާނެއެވެ.

މޭގައި ރިއްސުން

އަރިކަށީގައި ނުވަތަ މޭދަށުގައި ތޫނު ތަދެއް ހުރުމާއެކު ރިއްސުމަކީ ހިތުގެ މައްސަލައެއްއުޅޭ ކަމުގެ އެންމެ އާއްމު އަލާމާތެވެ. މި ތަދު ކޮނޑުންފެށިގެން އަތާ ހަމައަށްވެސް ބައެއް ފަހަރު އާދެއެވެ. ގިނަ ފަހަރު މިގޮތަށް އަންނަނީ ވާތް ފަރާތަށެވެ. ހަމައެއާއެކު ކަރާއި ކޮނޑު އަދި ކޮނޑުހުޅާ އެއްކޮށް ބުރަކަށީގައި ރިއްސަފާނެއެވެ. މިތަދު އާއްމުކޮށް ހުންނާނީ 15 މިނިޓް ވަންދެނެވެ.

އިސްތަށި ފޭބުން.

ހާޓްއެޓޭކް ޖެހެން އުޅޭކަމުގެ އަލާމާތްތަކުގެ ތެރޭގައި ބޮލުން އިސްތަށި ފޭބުމަކީ މަދުންނަމަވެސް ވާ ގޮތެކެވެ. އެކަމަކު މިކަން މެދުވެރިވަނީ އުމުރުން 50އަށް ވުރެ މަތީގެ އުމުރުގެ މީހުންނަށެވެ.

ވިންދު ހަމައިން ނެއްޓުން

ވިންދު ޖަހަމުން އަންނަ ރޭޓަށް ބަދަލު އައުމަކީ ހާޓް އެޓެކް ޖެހުމަށް މެދުވެރިވާ ސަބަބެކެވެ. މިސާލަކަށް  ސިކުންތަކު ވިންދެއް ޖަހަމުން ގޮސް ބައެއް ފަހަރު ދެސިކުންތުން ނުވަތަ ތިން ސިކުންތުން ދެވިންދު ޖެހުންފަދަ ކަންކަމަކީ ހިތް ހިނގުމަށް ބަދަލުތަކެއް އަތުވެއްޖެކަން އަންގައިދޭ ނިޝާނެކެވެ. މި ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ބުއްދިވެރި ގޮތަކީ އަވަހަށް ޑޮކްޓަރަކަށް ދެއްކުމެވެ.

މަސްދަރު: ހެލްދީ ލިވިންގ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top