ރައީސްގެ ބ. އަތޮޅު ދަތުރުފުޅު މިމަހު 25ގައި އޭދަފުއްޓާ، ކެންދޫ އަދި ތުޅާދޫއަށް

53102_4213f014-a_.jpg

2014ގައި ރައިސް އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ ތާރީހަކީ މިމަހުގެ 25-27 ކަން އީވީއަށް އެނގިއްޖެއެވެ.

ރައީސްގެ މިދަތުރާބެހޭ މައުލޫމާތު އީވީއާ ހިއްސާކުރެއްވި ސަރުކާރު އޮފިޝަލަކު ނަންހާމަ ނުކުރުމަށް އެދި ވިދާޅުވީ ރައީސްގެ ދަތުރުގެ ފައިނަލް ތާރީހަކަށް ހަމަޖެހިފައިއޮތީ މިމަހުގެ 25 ވަނަދުވަސްކަމަށެވެ. މިދަތުރުފުޅުގައި އޭދަފުށީގެ އިތުރުން ބ. އަތޮޅުގެ ތުޅާދުއާއި، ކެންދޫއަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިދަތުރުފުޅަށް ތައްޔާރުވުމުގެގޮތުން އޭދަފުށީ ކައުންސިލުން ރޭވަނީ އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާވެސް ކޮށްފައެވެ.

ރައީސްގެ މިދަތުރުފުޅަކީ ރިޔާސީ އިންތިހާބަށްފަހު ބ. އަތޮޅަށް ކުރައްވާ 3 ވަނަ ދަތުރުފުޅެވެ. ރައީސްގެ ފުރަތަމަ ދަތުރުފުޅުގައި 2014ވަނަ އަހަރު އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ފައްޓަވާދެއްވުމަށް ވަޑައިގަތީ އޭދަފުއްޓަށެވެ. ދެވަނަ ދަތުރުފުޅުގައި 2015ވަނަ އަހަރު ގޮއިދޫއަށް ވަޑައިގެން އެރަށުގައި ޕީޕީއެމް ޖަގަހައެއް ހުޅުއްވައިދެއްވިއެވެ.

ރައީސް 2015ވަނަ އަހަރު ގޮއިދުއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު މީހަކާ ސަލާމްކުރައްވަނީ / ފައިލްފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ބ. އޭދަފުއްޓާ، ތުޅާދުއަށް ދަތުރުފުޅެއް ކުރެއްވުމަށް މިދިޔަ އޭޕްރީލްމަހުވެސް ހަމަޖެހުނެވެ. ނަމަވެސް ސަބަބުތަކާހުރެ ލަސްވެ، ފަހުން ކެންސަލްވީއެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން މިމަހު ބ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި އެރަށްރަށުގައި ސަރުކާރުން ނިންމާފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ނިމުން ފާހަގަކޮށްދެއްވުމާއި، ބައެއް މަޝްރޫއުތައް އިޢްލާންކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top