ފުޅަދޫގައި އިތުރު 40 ގެސްޓްރޫމް އަންނައަހަރު ހުޅުވޭނެ – ކައުންސިލް

MLE-Phantom_0211-mw1.jpg

ބ. ފުޅަދޫ. އަންނަ އަހަރު ފުޅަދޫގައި 3 ގެސްޓްހައުސްއާއެކު 40 ގެސްޓްރޫމް މާކެޓަށް ނެރެވޭނެކަމަށް ފުޅަދޫ ކައުންސިލުން ބުނޭ / ފޮޓޯ: ގްލޯބްރޯވާސް މެގަޒިން

ބ. ފުޅަދޫގައި އަންނަ އަހަރު އިތުރު 3 ގެސްޓްހައުސް އާއެކު 40 ގެސްޓްރޫމް މާކެޓަށް ނެރެވޭނެކަމަށް ފުޅަދޫ ކައުންސިލުން ބުނެފިއެވެ.

ފުޅަދޫ ކައުންސިލުން ބުނީ މިވަގުތު އެރަށުގައި ހަތަރުގެސްޓް ހައުސް އޮޕަރޭޓްކުރާއިރު، ޖުމްލަ 25 ރޫމް މިވަގުތު ހިދްމަތަށް ނެރެފައިވާކަމަށެވެ. ބ. ފުޅަދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް އީވީއަށް ވިދާޅުވީ ފުޅަދޫގައި ގެސްޓްހައުސް ވިޔަފާރި ހަލުވިމިނެއްގައި ކުރިއަރަމުން އަންނަކަމަށާ، އޭގެ ހެއްކެއްގެ ގޮތުން އަންނަ އަހަރު 3 ގެސްޓްހައުސް ހުޅުވޭނެކަމަށެވެ.

“އަންނަ އަހަރު މިހުޅުވެނީ އަނެއްކާ ބޮޑެތި ގެސްޓްހައުސް އިނގޭތޯ. އެއްގެސްޓް ހައުސްއަކީ ސައްބީސް ރޫމް. އަންނަ އަހަރު ޖުމްލަ ސާޅިސް ރޫމް މާކެޓަށް ނެރެވޭނެ. ގެސްޓްހައުސްތަކުގެ ވިޔަފާރިވެސް ފެންނަނީ ރަނގަޅަށްކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ” އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިފެށިފަހުން ފުޅަދޫގެ އާންމުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ އިތުރު ގެސްޓްހައުސްތައް އެޅުމަށްޓަކައި އިންވެސްޓަރުން އެރށުގެ ބިން ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

“ވަރަށް ރަނގަޅު ހެޔޮބަދަލުތައް ފެންނަމުން އެބަދޭ. ވަޒީފާގެ ފުރުސަތުތައް އެބަ އިތުރުވޭ. އަނެއްކާ އާންމުންގެ ޖީބަށް މީގެ ނަފާ ވަންނަމުންދޭއެބަ. އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުވެގެންދިޔަ އެއްސަބަބަކަށްވި ވަރަށްފަހުން ދުނިޔޭގެ އެންމެރީތި 50 ބީޗުގެ ތެރޭގައި ފުޅަދޫ ބީޗް ހިމެނުންވެސް”

އާސިފް ވިދާޅުވީ އަންނައަހަރުވެސް އެރަށުގައި އިތުރު ގެސްޓްހައުސްތައް އެޅުމަށް ތައްޔާރުވަމުންދާކަމަށާ، 2019ވަނަ އަހަރުތެރޭގައި ފުޅަދޫގެ ގެސްޓްރޫމްގެ އަދަދު 100 އަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ބ. އަތޮޅުގައި ވަރަށް ހަލުވިކަމާއެކު ކުރިއަރަމުންއަންނަ ގެސްޓް ހައުސްގެ ވިޔަފާރީގައި ފުޅަދޫގެ އިތުރުން ފެހެންދޫއާ، މާޅޮސް އަދި ދަރަވަންދޫ އަދި ކަމަދޫ އަންނަނީ ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ. މީގެ އިތުރުން ކެންދުއާ، ގޮއިދޫވެސް މިދާއިރާގައި ދަނީ ކުރިއެރުންތައް ހޯދަމުންނެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top