ބ. ކިހާދޫ (12 ޑިސެމްބަރ 2017):- ޓޫރިޒަމް ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ، ކޯސްޓްލައިން އިންވެސްޓްމަންޓް ގުޅިގެން ކިހާދޫގައި އަޅާ ވޮކޭޝަނަލް ޓްރޭނިންގް ސެންޓަރުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށް އެބަދެއެވެ. މިމަސައްކަތް ފެށުނީ މިދިޔަ ފެބުރުވަރީ މަހުގެތެރޭގައެވެ.
223000 އަކަފޫޓް ބޮޑުބިމެއްގައި އެޅުމަށް ހަމަޖެހިފައިވާ މިސެންޓަރުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރެވެމުންދަނީ އެސެންޓަރުގައި އިމާރާތްކުރާ ކްލާސްރޫމްތަކާ، އެކަމަޑޭޝަން ބޮލޮކްތަކުގެ ފިނިޝިންގް މަސައްކަތްތަކެވެ. މިހަފްތާގެ ފޮޓޯއިން ޚަބަރުގައި މިގެނެސްދެނީ މިސެންޓަރުގެ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު އަންގައިދޭ ފޮޓޯތަކެކެވެ.
ފޮޓޯތައް:މުހައްމަދު ޒުބައިރު