އޭދަފުށީގައި ހުރި ސަރުކާރާ، ކުންފުނިތަކުގެ މެދުގައި ބާއްވާ ފުޓްސަލް މުބާރާތެއް މާދަމާ ހަވީރު ފެށުމަށް ހަމަޖެހިފައިވާކަމަށް އަތޮޅު ކައުންސިލުން ބުނެފިއެވެ.
އަތޮޅު ކައުންސިލުން ބުނީ އޮފީސްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވާ މިމުބާރާތުގައި ހުރިހާ އޮފިސްތަކެއް ހިމެނޭގޮތަށް ޖުމްލަ 8 ޓީމެއް ވާދަކުރާނެކަމަށެވެ. އެއިދާރާއިން ބުނީ ދެގުރޫޕަކަށް ބަހާލައިގެން ކުރިޔަށްދާ މުބާރާތުގެ މެޗްތައް ބުރާސްފަތިން ހޮނިހިރުގެ ނިޔަލަށް ކުރިޔަށްދާނެކަމަށެވެ.
މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭދަފުށީ ރަސްމީ ސްޓޭޖް ސަރަހައްދުގައިކަމަށާ، ހެނދުނާ ހަވީރު ކުޅުން ކުރިޔަށްދާނެކަމަށްވެސް އަތޮޅު ކައުންސިލުން ބުނެއެވެ.
އޮފީސްތަކުގެ ގުޅުން ބަދަހިކުރުމަށް އަތޮޅު ކައުންސިލުން އިސްނަގައިގެން މިދިޔަ ހަފްތާ ބަންދުތެރޭގައި ބެޑްމިންޓަން މުބާރާތެއްވެސް ޔޫތް ސެންޓަރުގައި ކުރިޔަށްގެންދިޔައެވެ. މިމުބާރާތް ކާމިޔާބުކުރީ އަތޮޅު ހޮސްޕިޓަލާ، ބޭންކް އޭދަފުށީ ބްރާންޗުންނެވެ.