މިލައިދޫ ބަލިކޮށް ޑުސިޓުން ފައިނަލްގެ ފަހުޖާގަ ހޯދައިފި

DSCN8731.jpg

ޑުސިޓްއާއި، މިލައިދޫ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން / ފޮޓޯ: އޭދަފުށީ ވޮއިސް

އޭދަފުށީގައި މިހާރު ކުރިޔަށްދާ އިންޓަރިސޯޓް ބ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހުޖާގަ ޑުސިޓްތާނީ މޯލްޑިވްސް ހޯދައިފިއެވެ.

ޑުސިޓް ފައިނަލުން ޖާގަހޯދީ މިއަދު ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗްގައި މިލައިދޫ ރިސޯޓާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން 5-3ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއަދުގެ މެޗް ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ 1-1 އެވެ. ފުަރަތަމަ ލަނޑުޖަހާ ކުރިހޯދީ ޑުސިޓުންނެވެ. ނަމަވެސް ފަހުހާފުގެ އެންމެ ފަހު މިނެޓްކޮޅުގެ ތެރޭގައި މިލައިދޫއަށް އެއްވަރުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މިލައިދޫގެ ޖޯޒީނަމްބަރ 8 މުހައްމަދު ބައްސާމެވެ.

ޑުސިޓްއާއި، މިލައިދޫ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން / ފޮޓޯ: އޭދަފުށީ ވޮއިސް

ޕެނަލްޓީގައި ޑުސިޓުން ވަނީ 4 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މިލައިދޫ ޖެހި 4 ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ 2 ޕެނަލްޓީއެވެ.

މިނަތީޖާއާއެކު ޑުސިޓާ ފައިނަލްގައި ދެން ބައްދަލުކުރާނެ އަނެއް ޓީމަކީ ސޮނެވާފުއްޓެވެ. ސޮނެވާފުއްޓަކީ 2014 ވަނަ އަހަރު މިމުބާރާތުގެ ޗެންޕިއަންއެވެ. ޑުސިޓަށް އަދި މިމުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ފައިނަލްގައި މިދިޔައަހަރު ޑުސިޓް އެއްކޮޅުން ކުޅުނެވެ.

މިމުބާރާތުގެ ފައިނަލަށް ހޮވުނު ޑުސިޓާ، ސޮނެވާފުށީ ޓީމަށް އަންނަ އަހަރު އޭދަފުށީގައި ބާއްވާ ފްރެންޑްލީ ޔޫތުކަޕުން ޖާގަދިނުމަށް ހަމަޖެހިފައިވާ ކަމަށް މުބާރާތުގެ އިންތިޒާމް ކޮމެޓީން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top