ރޯދަމަހަށް އަލުވި، ފިޔާ، ބިސް އަގުހެޔޮވާނެ – އެސްޓީއޯ

0_137198202679_news.jpg

ކުރިންވެސް ބުނެފައިވާނެފަދައިން އަންނަ ރަމަޟާންމަހު އެސްޓީއޯއިން ފިޔާ ބިސް އަލުވި އެތެރެކޮށް އެބާވަތްތައް އެންމެ އާދައިގެމީހާ އަށް ވެސް ގަނެވޭވަރަށް އަގުހެޔޮކުރާނޭކަމުގައި އެސްޓީއޯއިން ބުނެފިއެވެ.

އެގޮތުން ފިޔައާއި އަލުވި ކިލޯއެއް 10 ރުފިޔާއަށް އަދި ބިހެއް 1.50 ރުފިޔާއަށް އެސްޓީއޯގެ ހުރިހާފިހާރައަކުންވެސް ލިބެންހުންނާނެ ކަމުގައި މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވިއެވެ. އާޒިމް މިހެން ވިދާޅުވީ ކޮންމެމަހަކު އެސްޓީއޯއިން ބާއްވަމުންއަންނަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އާޒިމް ވިދާޅުވީ ރޯދަމަހަށް އަންނަ ފިޔާ އަލުވި ބިހުގެޝިޕްމެންޓް ޖޫންމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މާލެއަންނާނެކަމަށާއި އަތޮޅު ތެރެއަށްވެސް އެތަކެތި ފޮނުވާނެކަމުގައެވެ.

“އަޅުގަނޑުމެންގެ ފިހާރަ ނެތްރަށްރަށުންވެސް މެދުނުކެނޑި މިބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖެހޭތޯބަލަމުން މިދަނީ ” އާޒިމްވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top