1-0 އިން ތިމަރަފުށި ބަލިކުރުމަށްފަހު ހާފް އައިލެންޑް ކަޕް 2017ގެ ފައިނަލަށް ހިތާދޫ ޓީމްހިނގައްޖެއެވެ.
ހާފް އައިލެންޑް ކަޕަކީ އަތޮޅުތަކުގެ މެދުގައި ބެއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.
މި މުބާރާތުގެ ސެމީފައިނަލުގައި ރޭ މާލޭގައި ކުޅުނު މެޗްގެ ފުރަތަމަ ހާފްގައި އެދެވޭ ކުޅުމެއް ދެޓީމަށްވެސް ދެއްކިފައެއް ނުވެއެވެ. ނަމަވެސް ފަހު ހާފްގައި ދެޓީމުންވެސް ވަރުގަދަ އަދި ރީތި ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗް ގެ ހަމައެކަނި ގޯލް ހިތާދޫ ޓީމަށް ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ މެޗްގެ މޮޅުކުޅުންތެރިޔާ ގެ މަގާމުވެސް ހޯދި އަހުމަދު ހުސެއިން (އަންމަޓޭ) އެވެ.
އަންނަ ހުކުރު ދުވަހު އޮންނަ މި މުބާރާތުގެ ފައިނަމް މެޗުގައި ހިތާދުއާ ދެކޮޅަށް ނުކުންނާނީ މާލެއެވެ.
50000ރ. ގެ އިނާމު ކަނޑައެޅިފައިވާ މި މުބާރާތުގެ މިދިޔަ އަހަރުގެވެސް ޗެމްޕިއަންއަކީ ހިތާދޫއެވެ.