ކުޅިވަރުގެ ރޮނގުން ގޮއިދޫ ސްކޫލް އަނެއްކާވެސް އެއްގިޔަރު މައްޗަށް

viber-image-5.jpg

ކަލާސް އެވޯޑް ލިބުނު ގޮއިދޫ ސްކޫލުގެ ދަރިވަރުން ސްކޫލް ޕްރިންސިޕަލާއެކު ފޮޓޯއަކަށް ހުއްޓިގެން

ރޭ ދަރުބާރުގޭގައިއޮތް “ނެސްލޭ މައިލޯ ކަލާސް އެވޯޑު” ގޮއިދޫ ސްކޫލްގެ އަށް ދަރިވަރަކު ހޯދައިގެން އެސްކޫލް، ކުޅިވަރުގެ ރޮނގުން އެއް ގިޔަރު މައްޗަށް ޖެހިލައިފިއެވެ.

ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ ނެސްލޭ މައިލޯ ކަލާސް އެވޯޑަކީ ކުޅިވަރުގެ ރޮނގުން ފާހަގަކުރެވޭ ދަރިވަރުންނަށް ދެމުން އަންނަ އެވޯޑެކެވެ.

މި އަހަރުގެ ކަލާސް އެވޯޑް ގޮއިދޫ ސްކޫލުން ހޯދާފައިވަނީ މަރިޔަމް ނަޒާހަތު އާއި ރަފްހާ ސަމީރު އާއި ޒަހާ ނިޔާޒު އާއި އިސްމާއިލް އަޖުލާން އާއި ޝިރުހާން އަލީ އާއި އާމިނަތު ރުދައިނާގެ އިތުރުން ސާނިޔާ އަހްމަދު ނިޒާމު އާއި މައީޝާ އަބްދުލް ހަންނާނު އެވެ.

މީގެ ތެރެއިން ރުދައިނާ އާއި ސާނިޔާ އަކީ ސްޕޯޓްސް ސްކޮލަޝިޕްގެ ދަށުން މިހާރު އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނެވެ.

މި ދަރިވަރުން ކަލާސް އެވޯޑް ހާސިލުކުރީ ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތުންނާއި، މައިލޯ އިންޓަ ސްކޫލު ވޮލީ މުބާރާތުންނާއި އިންޓަ ސްކޫލު ބީޗު ވޮލީ މުބާރާތުން ހޯދި ކާމިޔާބީތަކުންނެވެ.

ކަލާސް އެވޯޑު ޝަރަފުވެރި ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ކަލާސް އެވޯޑު ދޭން ފެށުމުން ކުޅިވަރުގެ ދާއިރާ އަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި އެތްލެޓިކްސް އާއި ފެތުމާއި ފުޓްބޯޅަ އާއި ބެޑްމިންޓަން ފަދަ ކުޅިވަރުތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ.

 

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ކަލާސް އެވޯޑު މިއަހަރު ވަނީ 13 ކުޅިވަރަކުން 169 ދަރިވަރުން ހޯދާފައެވެ.

މިދިޔަ އަހަރުވެސް ގޮއިދޫ ސްކޫލުގެ 7 ދަރިވަރުން ވަނީ މި އެވޯޑް ހާސިލުކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top