މެހިމަރަން އަތޮޅު ހޮސްޕިޓަލުން ކެމިކަލް ޖަހަން ފަށައިފި

khk.jpg

ކުނިކޮށީގައި ޖަމާވެފައިވާ ދަޅު ފުޅިފަދަ އެއްޗެތިތަކަކަށް އަތޮޅު ހޮސްޕިޓަލްގެ ޓީމުން އިއްޔެ ކެމިކަލް ޖެހުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: ބ. އަތޮޅު ހޮސްޕިޓަލް ސިދުގީ

އޭދަފުށީގައި އާދަޔާ ހިލާފަށް ގިނަވެފައިވާ މެހިތައް ނައްތާލުމުގެ ގޮތުން ބ. އަތޮޅު ހޮސްޕިޓަލުން ކުނިކޮއްޓަށް ކެމިކަލް ޖަހަން ފަށައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން މިމަސައްކަތް ފެށީ އިއްޔެއެވެ. އެހޮސްޕިޓަލުން ބުނީ ކެމިކަލް ޖަހަމުންދަނީ ކުނިކޮށީގައި ޖަމާވެފައިވާ ކުނިބުނީގެ ތެރެއިން މެހި އާލާވެދާނެފަދަ ގޮތަކަށް ހުރި ޕްލާސްޓިކް އަދި ދަގަނޑުގެ ބާވަތްތައް ޖަމާކޮށްފައިވާ ސަރަހައްދުތަކަށް ކަމަށެވެ. އެހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ހެޑް ސިދުގީ އަބްދުﷲ ވިދާޅުވީ މެހީގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ކެމިކަލް ޖެހުމަށް ހާއްސަ ޓާސްކް ފޯހެއް ހަދާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މެހީގެ އުނދަގޫ ހުއްޓުވުމަށް ޓާގެޓް އޭރިޔާތަކަށް މިއަދުވެސް ކެމިކަލް ޖަހާނެކަމަށެވެ.

“ބޮޑަށް މިޖަހަނީ ނައްތާނުލެވި ހުރި ކުނި ބުނިތަކުގެ ތެރެއަށް. އޭގެތެރޭގައި ފެންހަރުލާފައި ހުރެއްޖެނަމަ މެއްސާ މަދިރި އާލާވަމުންދާނެ. ޑަސްބިން ކުނިތައް މިހާރުވަނީ ނައްތާލެވިފައި. ހާއްސަޓީމެއް މިކަމަށް އަޅުގަނޑުމެން ތައްޔާރުކޮށްގެން ކެމިކަލް ޖަހަމުން މިދަނީ” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ މެއްސާ މަދިރީގެ އުނދަގޫވެސް މިދުވަސްވަރު ރަށުތެރޭގައި ބޮޑުކަމަށާ، ބޭރަށް ހިންގުމާ، ހުމުގެ ރޯގާއަށް ހޮސްޕިޓަލްގައި މިދުވަސްކޮޅު ރެކޯޑް ކުރެވޭ މީހުންގެ އަދަދު އިތުރުވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ މެއްސާ މަދިރީގެ ސަބަބުން އޭދަފުށިގެ ސިއްހީ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ނުދެއްވާނެކަަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top