ރައްޔިތުންގެ އަޑު: ޒުވާނުންގެ ޖަމިއްޔާ ގޯތި ރަށުކައުންސިލަށް ނެގީތަ؟

image-0-02-06-f81249cf543580ab203e0112d9e3fbda4292c59cb0b42c6b1e48f8d2fbd49c69-V.jpg

ފެހިކުލައިގާ އެވަނީ އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ބިމުގައި ބޯޅަގޭގޭ ނަމުގައި ކޮށްފައިވާ އިމާރާތް - ފޮޓޯ : އީވީ

މިއީ ބ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ޚާއްސަ ކޮށްލަނީ ބ. އޭދަފުށީކައުންސިލާއި، އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާއަށެވެ.

ސުވާލު: ޒުވާނުންގެ ޖަމްއިއްޔާގެ ގޯތީގައި އޭދަފުށީ ކައުންސިލުން ބޯޅަ ގެއެއް އިމާރާތްކޮށްފައިވަނީ އެޖަމްއިއްޔާގެ ހުއްދަ ލިބިގެންތޯ؟

އޭދަފުށީ ކައުންސިލް: މިމައްސަލައަކީ މިވަގުތު ކޯޓް މަރުހަލާއެއްގައިވާ މައްސަލައަކަށްވާތީ، މިވަގުތު ތިޔަ ސުވާލުގެ ޖަވާބު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާ: މިޖަމިއްޔާގެ ގޯތީގައި އޭދަފުށީ ކައުންސިލުން އިމާރާތް ކޮށްފައިވަނީ ޖަމްއިއްޔާގެ ހުއްދަނެތި.

ސުވާލު: އެބިމަކީ މިވަގުތު ކޮންފަރާތެއްގެ ބިމެއްތޯ؟

އޭދަފުށީ ކައުންސިލް: މިމައްސަލައަކީ މިވަގުތު ކޯޓް މަރުހަލާއެއްގައިވާ މައްސަލައަކަށްވަތީ، މިވަގުތު ތިޔަ ސުވަލުގެ ޖަވާބު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާ: އެބިމަކީ އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާގެ ބިމެއް. ރަޖިސްޓްރީ އަދިވެސް އޮތީ އެގޮތަށް. އެހެންގޮތަކަށް ބަދަލުވީކަން އެނގިފައެއް ނެތް.

ސުވާލު: އަޑުއިވޭ އެބިމުގައި ކައުންސިލުން ބޯޅަގެ އެޅީ ޒުވާނުންގެ ޖަމްއިއްޔާގެ ހުއްދަނެތިއޭ. އަދި އެމައްސަލަ ކޯޓަށް ހުށައަޅައިގެން ކުރިޔަށްދާކަމުގެ ހަބަރުތައްވެސް ލިބޭ. މިއީ ހަގީގަތެއްތޯ؟ ތަފްސީލެއް ދެވިދާނެތޯ؟

އޭދަފުށީ ކައުންސިލް: މިމައްސަލައަކީ މިވަގުތު ކޯޓް މަރުހަލާއެއްގައިވާ މައްސަލައަކަށްވަތީ، މިވަގުތު ތިޔަ ސުވަލުގެ ޖަވާބު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާ: ތެދެއް ތިޔައީ . ޖަމިއްޔާގެ ހުއްދައެއް އޮވެގެންނެއް ނޫން އޭދަފުށީ ކައުންސިލުން އެބިމުގައި އިމާރާތެއް ހެދީ. މައްސަލައިގައި ކޯޓަށް ހާޒިރުކުރި އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާގެ ދެ މަސްއޫލުމެމްބަރުން. ދެމީހުން ބަޔާން ދީފައި ވާނީ އެބިން ކައުންސިލަށް ނުދޭ ކަމަށާ، އެކަމާބެހޭގޮތުން ކައުންސިލުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާކަމަށް. އެހެންނަމަވެސް ކައުންސިލްގެ ކުރީގެ ދައުރުގެ މެމްބަރަކު އަޅުގަނޑުމެންނާ ފޯނުން ގުޅާފައި ވިދާޅުވީ އެބިމުގައި އިމާރާތް މިކުރަނީ ޖަމްއިއްޔާގެ ކޮންމެވެސް ފަރާތެއް ހުއްދަދީގެންނޭ. އެކަމަކު އެކަމާބެހޭ ލިޔެކިއުމެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އަދި އޮތްކަމަކަށް ނުވެސްވޭ. އެހެންވީމާ، މިއީ ކުރީގެ ކައުންސިލުން ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެކޭ ބުނެވޭނީ

ޖަވާބު ދެއްވީ :އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން

ޒުވާނުންގެ ޖަމްއިއްޔާއިން: މަސްއޫލުމެމްބަރ އިބްރާހީމް ސަމީރު ގުލްއަލާމާގެ / ބ. އޭދަފުށި

“ރައްޔިތުންގެ އަޑު” މި ކޮލަމަށް ސުވާލެއް ފޮނުއްވުމަށް ބޭނުންފުޅުވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top