15 މީހުންނާއެކު ކެންދޫ ފުލާވަރ ބޯޓު ބަނޑޮހު ފަރަށް އަރައިފި

157018_3_12e21c64060910ebe951ca062b56670058d364b5_medium.jpg

ކެންދޫ ފުލާވަރ ބޯޓު ބަނޑޮސް ފަރުމަތީގައި / ފޮޓޯ: އެމްއެންޑީއެފް

ބ. ކެންދޫން ފުރައިގެން 15 މީހުންނާއެކު މާލެދަތުރުކުރަމުން ދިޔަ އެރަށު ފްލާވަރ ބޯޓު ރޭ މާލެއަތޮޅު ބަނޑޮސް އައިލެންޑް ރިސޯޓްގެ ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ ބޯޓު ފަރަށް އެރީ ރޭ އިރާކޮޅު 10:30 އެހާކަންހާއިރު ކަމަށާ، މިހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ. ބޯޓުގައި ތިބި މީހުންގެ ތެރޭގައި އަންހެނަކާއި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުގައި ތިބި މީހުން ބަނޑޮހުގެ ދޯންޏެއްގައި އެރިސޯޓަށް ގެންގޮސްފައިވާކަމަށެވެ. އަދި އެމްއެންޑީއެފާ ބޯޓުގެ ވެރިފަރާތުން ގުޅިގެން ބޯޓު ފަރުން ފުންކުރުމުގެ މަސައްކަތް ހިނގަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

 

އެމްއެންޑިއެފުން ބުނީ މިދުވަސްވަރަކީ އީދު ބަންދާ ދިމާކޮށް ގިނަބަޔަކު މާލެއިން އަތޮޅު ތެރެއަށް ދަތުރު ކުރާ ދުވަސްވަރެއްކަމުން ސަލާމަތީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް އިލްތިމާސް ކުރާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top