ކިހާދުއާ، މާޅޮހުގައި އީދު ނަމާދު ފުޓްބޯޅަ ދަނޑުގައި

14355196_1101378789930011_1177937345340865201_n.jpg

ބ. މާޅޮހުގައި ކުރީއަހަރުގެ ފިތުރު އީދުނަމާދު އެރަށު ފުޓްބޯޅަ ދަނޑުގައި ކުރަނީ. މާޅޮހުގެ އިތުުރުން ބ. އަތޮޅު ކިހާދޫގައި މިއަހަރު އީދު ނަމާދު ކުރާނީ ފުޓްބޯޅަ ދަނޑުގެ ސަރަހައްދުގައި / ފޮޓޯ މާޅޮހު ކައުންސިލް

މިއަހަރުގެ އަޟްހާ އީދު ނަމާދު ބ. މާޅޮހާ، ކިހާދޫގައި ފުޓްބޯޅަ ދަނޑުގައި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އަޟްހާ އީދު ނަމާދު އެރަށްރަށުގެ ފުޓްބޯޅަ ދަނޑުގައި ކުރުމަށް ނިންމިއިރު މިއަހަރުގެ ފިތުރު އީދު ނަމާދުވެސް ބ. އަތޮޅުން ބޮޑުމައިދާނެއްގައި ކުރީ މާޅޮހާ، ކިހާދޫގައި އެކަންޏެވެ. އެފަހަރުވެސް ދެރަށުގައި އީދު ނަމާދުކުރީ ފުޓްބޯޅަ ދަނޑުގެ ސަރަހައްދުގައެވެ.

މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ މިދިޔަ ފިތުރު އީދެކޭ އެއްގޮތަށް އަޟްހާ އީދުގައިވެސް އީދުނަމާދު ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ބާއްވަން ނިންމީ ރަށުގެ އެންމެން އެއްޖަމާއަތަކަށް އެރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ އެކުވެރިކަމާ އެއްބައިވަންތަކަން މިފަދަ ނަމާދުތަކުގެ ސަބަބުން އިތުރުވެގެން ދާނެކަމާމެދު ޝައްކުނުކުރާކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މައިދާނުގައި ސަތަރި އަޅައި ނަމާދުކުރެވޭނޭ އިންތިޒާމް ހަމަޖައްސާނީ ކައުންސިލާ ރައްޔިތުން ގުޅިގެން ކަމަށެވެ.

ކިހާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް ވިދާޅުވީ އެއްޖަމާއަތަކަށް އެރަށުގެ ރައްޔިތުން ފުޓްބޯޅަ ދަނޑުގައި ޢީދު ނަމާދު ކުރަމުންދާތާ ހައެއްކަ އަހަރުވެއްޖެ ކަމަށެވެ. ނަސީމް ވިދާޅުވީ މިކަމުގެ ސަބަބުން ރައްޔިތުންގެ ގުޅުންތައް ބަދަހިވެ، ރަށުގެ އެއްބައިވަންތަކަށް އިތުރުވެގެންދާނެކަމަށެވެ. އޭނާވެސް ވިދާޅުވީ އީދުނަމާދުގެ އިންތިޒާމްތައް ހަމަޖައްސާނީ ކައުންސިލާ ރައްޔިތުން ގުޅިގެންކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގެ ބައެއް ރަށްރަށުގައި އީދުނަމާދު މިފަދަ ސަރަހައްދުތަކުގައި ކުރަމުން އަންނައިރު، ބ. އަތޮޅުގައި މިހާތަނަށް ޢީދު ނަމާދު މައިދާނެއްގައި ކުރަމުން އަންނަނީ މާޅޮހާ، ކިހާދޫގައި އެކަންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top