މާތްވެގެންވާ ކަޢުބާގެ އުރަކޮޅަށް ބައެއް މީހުން ގެއްލުންދީ ހަލާކުކުރާތީ މިހާރު ހުންނަ ވަރަށްވުރެ ތިން މީޓަރ މައްޗަށް އުފުލައިފިއެވެ.
އުރަކޮޅު އުފުލުމަށް ފަހު ގެފުޅުން ހާމަވާ ތަން ވަނީ ހުދު ފޮތިގަނޑަކުން ނިވާކޮށްފައެވެ.
އެތަނުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ބަގައުދަހާ ވިދާޅުވީ ގެފުޅުގެ އުރަކޮޅުގެ ތިރީބައި ކުރުކުރަން ނިންމީ ހައްޖަށާއި އުމްރާއަށް ދާ މީހުން ގެފުޅުގައި އަތްލުމުގެ ނަމުގައި އުރަކޮޅުގައި އަތްލާ، އުރަކޮޅުން ފޮތި ކަފައިގެންނާއި ވީދައިގެން ގެންދާތީ އެވެ. އޭނާ ވިދާޅުވީ މީހުން އެހެން ހަދަނީ އެނބުރި ގައުމަށް ދިއުމަށް ފަހު ސަވާބު ހޯދުމުގެ ނިޔަތުގައި ކަމަށް ވެއެވެ.
މިދިޔަ އަހަރު ގެފުޅުގެ އުރަކޮޅު ފެހުމަށް 120 ކިލޯ ގްރާމްގެ “ރަން ރޮދި” ބޭނުންކޮށްފައިވެ އެވެ. ފޮތީގެ ގޮތުގައި ބޭނުންކޮށްފައިވަނީ ވަރުގަދަ މަޑު އޮމާން ފޮއްޗެކެވެ. ބޭނުންކުރި “ރަން ރޮދީގެ” އަގަކީ 22 މިލިއަން ސައުދީ ރިޔާލެވެ.