ބައެއް ހާލަތްތަކުގައި ކައުންސިލްތަކަށް ބިން މިލްކް ކުރެވޭ ގޮތަށް ހަމަޖައްސައިފި

ކަރާ-2.jpeg

ގޮއިދޫ ގެ ކަރާ ދަނޑެއް. ވަކި އުސޫލަކުން މިފަދަ ބިންވެސް ކައުންސިލަށް މިލްކު ކުރެވޭ. އޭދަފުށި ވޮއިސް ފޮޓޯ ، އަހްމަދު ރިޔާޒު.

ބައެއް ހާލަތްތަކުގައި ކައުންސިލްތަކަށް ބިން މިލްކު ކުރެވޭގޮތަށް ހަމަޖައްސައި ‘ބިން ހިންގައި ބެލެހެއްޓުމާއި ބިން މިލްކު ކުރުމުގެ ގަވާއިދު’ އަށް އަމަލު ކުރަން ފަށައިފި އެވެ.

އިއްޔެ އަމަލު ކުރަން ފެށި އެ ގަވާއިދުގައިވާ ގޮތުން، އިގްތިޞާދީ ނުވަތަ އިޖްތިމާއީ ކަންކަން ކުރުމަށް ކައުންސިލްތަކަށް މިނިސްޓްރީން ބިލް މިލްކުކޮށްދެވޭނެ އެވެ.

އެކަމަކު އެގޮތަށް ބިމެއް މިލްކުކޮށް ދެވޭނީ ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު، ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އަދި ދެ ފަރާތުގެ ދެމެދުގައި ހެދޭ އެއްބަސްވުމުންގެ ދަށުން ކަމަށް އާ ގަވާއިދުގައި ބުނެއެވެ. އެގޮތަށް ބިމެއް މިލްކުކޮށް ދީފިނަމަ އެ ބިމެއް އެ ކައުންސިލެއްގެ ނަމުގައި ހައުސިން މިނިސްޓްރީން ރަޖިސްޓަރީ ކޮށްދޭން އެ ގަވާއިދު ލާޒިމް ކުރެއެވެ.

އެގޮތަށް މިލްކު ކޮށްދީފައިވާ ބިމެއް ވެސް ވަކި ހާލަތްތަކެއްގައި ސަރުކާރަށް ނެގުމުގެ ބާރު ގަވާއިދުގެ ދަށުން ހައުސިން މިނިސްޓްރީ އަށް ލިބެ އެވެ. އިގްތިސާދީ ނުވަތަ އިޖުތިމާއީ ބޭނުމަކަށް މިލްކުކޮށް ދީފައިވާ ބިމެއް ސަރުކާރަށް ނަގާނަމަ އެތަނެއްގައި ކޮށްފައިވާ އިންވެސްޓްމަންޓަށް ބަލައި އަދުލުވެރި ބަދަލެއް ދޭން ސަރުކާރަށް ލާޒިމް ކުރެއެވެ.

އަދި އެއްބަސްވުމާ ހިލާފުވެއްޖެނަމަ ނުވަތަ ލޭންޑް ޔޫސް ޕްލޭނާ ހިލާފުވުން ނުވަތަ ގާނޫނުތަކާއި ހިލާފުވެއްޖެ ނަމަ ނުވަތަ އިގްތިސާދީ ނުވަތަ އިޖުތިމާއީ ކަމަކަށް ނުވަތަ ގައުމީ ސަލާމަތުގެ ބޭނުމަކަށް އެ ބިން އަނބުރާ ނެގުމަށް ސަރުކާރުން ނިންމައިފި ނަމަ އެފަދަ ބިމެއް ވެސް ސަރުކާރަށް އަނބުރާ ނެގިދާނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

ކައުންސިލްތަކުގެ ބިން މިލްކު ކުރުމުގެ ގަވާއިދުގައިވާ ގޮތުން ކައުންސިލުން ތިންވަނަ ފަރާތަކަށް ބިމެއް ދޫކުރެވިދާނެ އެވެ. އެހެން ނަމަވެސް ތިންވަނަ ފަރާތަކަށް އެބިމެއް ދޫކުރެވޭނީ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބުމުންނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top