6 ޖުލައި 2017 އޭދަފުށި- މި މަހުގެ 21 ވަނަ ދުވަހު އޭދަފުށީގައި ކުޅުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ކުރީގެ ފުޓްބޯޅަތަރިންނާއި އޭދަފުށީގެ ކުރީގެ ފުޓްބޯޅަ ތަރިންގެ ޚާއްސަ މެޗަށް އޭދަފުށީ ޓީމް ތައްޔާރުވާން ފަށައިފިއެވެ. ޓީމްގެ ޕްރެކްޓިސް ކުރިއަށް ގެންދަނީ އޭދަފުށީގެ ފުޓްބޯޅަ ދަނޑުގައެވެ. މި ޕްރެކްޓިސްގައި އޭދަފުށީގެ ކުރީގެ މަޝްހޫރު ތަރިންކަމުގައިވާ އަބްދުލްވާހިދު ހުސޭން ، އިބްރާހީމް ފައުޒީ އަދި މުހައްމަދު އިމްރާން ފަދަ އެތައް ކުޅުންތެރިން ފާހަގަ ކުރެވެއެވެ.
ފޮޓޯއިން ޚަބަރު : ވެޓެރަންސް ޓީމް ޚާއްސަ މެޗަށް ތައްޔާރުވުން
