ދަގަނޑު ޗެންޗޭނުން ފާލަން މިނިވަންވެއްޖެ

ފަަލަން.jpg

އޭދަފުށީގެ ފާލަމުގެ ބޭނުން ނުހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ރަށު ކައުންސިލުން ފާލަމުގެ ދެކޮޅުގައި ޗެންޗޭނުޖަހައި ބަންދުކޮށްފައިވަނިކޮށް ކޮންބައެއްކަން ނޭނގޭ ބަޔަކު އެފާލަން އާއްމު ކޮށް ހުޅުވާލައިފިއެވެ.

މިކަމާގުޅިގެން އޭދަފުށީ ކައުންސިލްގެ ޒިންމާދާރުވެރިޔާ ނިއުމާ އަހްމަދު ވިދާޅުވީ ފާލަމުގައި ޖަހާފައިވާ ޗެންޗޭނު ނަގާފައިވަނީ އޭދަފުށީ ކައުންސިލުން ނޫންކަމަށާ، އެކަންކުރި ބައެއް ނޭނގޭ ކަމަށެވެ.

” ކައުންސިލްގެ ފަރާތުން ކުރިކަމެއް ނޫން އެއީ ” ޒިންމާދާރުވެރިޔާ ނިއުމާ އަހްމަދު ވިދާޅުވިއެވެ.

އަލުން ފާލަން ބަންދު ކުރަން ގަސްދު ނުކުރަންތޯ ދެންނެވުމުން ވިދާޅުވީ އެކަން ކުރިބަޔަކު (ފާލަމުގައި ޖަހާފައިވާ ޗެންޗޭނު ނެގިބަޔަކު) އެކަން ކޮށްފައި ވަނީ ނުރުހިގެން ކަމަށްވާނަމަ ދެން ވެސް ހަމައެ ގޮތަށް އެކަން ކުރާނެ ކަމަށާ އެހެންވީމާ އަލުން ފާލަން ބަންދު ކުރުމުގެ ޚިޔާލު ނުކުރައްވާ ކަމުގައެވެ.

އޭދަފުށީ ކައުންސިލްގެ ފަރާތުން ފާލަން ބަންދު ކުރުމަށްފަހު ވިދާޅުވެފައިވަނީ އެ ފާލަމަކީ އާންމު ބޭނުންތަކަށް ބަންދު ކޮށްފައި އޮންނަ ފާލަމެއް ކަމަށާއި ފާލަން ހަމަ އެކަނި ބޭނުން ކުރަނީ ރަސްމީ ބޭނުންތަކަށް ކަމަށެވެ.

“މިހާރު އެފާލަމަށް އެއްވެސް މީހަކު އިހުތިރާމެއް ނުކުރޭ، ކާޑާއި ސިމެންތިވެސް ފާލަމުން އަރުވަނީ ދުއްވާ އުޅަނދުވެސް އަރުވަނީ އެތައްފަހަރަކު ނަސޭހަތް ދީ އިސްލާހު ނުވީމާ ބަންދު ކުރީ. އިމަޖެންސީގައި އަންނަ ފަރާތްތަކަށް ކައުންސިލަށް ގުޅާލުމުން ފާލަން ހުޅުވާލެވޭނެ” ކައުންސިލުން ކުރިން ވިދާޅުވެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top