ރަށުޕިކަޕުތައް އަމިއްލަ ނަންމަތީ ރަޖިސްޓްރީކޮށްދީ، ރަޖިސްޓްރީ ފީ މާފުކޮށްދެނީ

392053_3_a89fd669c6c581c70e3258df333f61538ff99d6c_99bf2318ec.jpeg

ރާއްޖޭގެ ރަށްރަށުގައި ބޭނުންކުރަމުންދާ C3 އަދި C4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އެފަދަ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ސަރުކާރުން ޚާއްޞަ ލުއިތަކެއް ދޭން ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އަތޮޅުތެރޭގައި ދުއްވާ ބައެއް އެއްގަމު އުޅަނދުތައް ތަފާތު ސަބަބުތައް މެދުވެރިވެގެން ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްތަކެއްވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދަ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ލާޒިމުވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން މިހާރު ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

އެގޮތުން، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ C3 އަދި C4 ކެޓަގަރީގެ (ބަގީ އަދި ރަށު ޕިކަޕު ފަދަ އުޅަނދުތައް) ތިން ފުރޮޅުލީ އުޅަނދުތަކަކީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓްރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ގިންތިކުރެވިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެހެންކަމުން، އެ ކެޓަގަރީތަކުގެ އުޅަނދުތައް އަމިއްލަ ފަރުދުންގެ ނަންމަތީގައި މިހާރު ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށާއި މީގެ ކުރިން ހަމަޖެހިފައިވާގޮތަށް، ކަނޑައެޅިފައިވާ އުސޫލުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިފަދަ އުޅަނދުތައް ރަޖިސްޓްރީކުރުމާ ގުޅިގެން ދައްކަންޖެހޭ ފީތައް މާފުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އިމްޕޯޓު ކުރިތާ ގިނަދުވަސްވުމުގެ ސަބަބުން، ނުވަތަ ރަޖިސްޓްރީކުރުމަށް ލާޒިމުކުރުމުގެ ކުރިން ރާއްޖެ އެތެރެކޮށް އަތޮޅުތެރޭގައި ބޭނުންކުރަމުންދާ C3 އަދި C4 ކެޓަގަރީގެ އުޅަނދުތައް، ރަޖިސްޓްރީކުރަން ބޭނުންވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތްތަކުގެ އަތުގައި ނެތުމުން ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މިފަދަ އުޅަނދުތައް އެ އުޅަނދެއްގެ ރޯޑްވާދިނަސް ލިޔުމަށް ބަލައި، ރަޖިސްޓްރީކޮށްދިނުމަށް ހަމަޖެހިފައިވާ ކަމުގައިވެސް މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ރާއްޖެއަށް އިމްޕޯޓްކުރިތާ ގިނަދުވަސްވުމުގެ ސަބަބުން ނުވަތަ ރަޖިސްޓަރީކުރުން ލާޒިމްކުރުމުގެ ކުރިން ރާއްޖެ އެތެރެކޮށް އަތޮޅުތެރޭގައި ބޭނުންކުރަމުންދާ މިފަދަ އުޅަނދުތަކުގެ ލިޔެކިޔުންތައް ގެއްލިފައިވާ ފަރާތްތަކަށްވެސް ސަރުކާރުން ވަނީ ބޮޑު ލުޔެއް ދީފައެވެ. އެގޮތުން، ލިޔެކިޔުންތައް ފުރިހަމައަށް ނެތް ނަމަވެސް، އެ އުޅަނދެއްގެ ރޯޑްވާދިނަސް ލިޔުމަށް ބެލުމަށްފަހު ރަޖިސްޓަރީކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top