ބޭސް ފޯރުކޮށްދިނުމަށް އުތުރާއި ދެކުނުގައި ސެންޓަރުތަކެއް ހަދަނީ

hkjlkm.jpg

ރާއްޖޭގައި އުތުރާއި ދެކުނުގައި ބޭސް ފޯރުކޮށް ދިނުމުގެ ގޮތުން ސްޓޭޓް ފާމާ އިން ސެންޓަރުތަކެއް ހަދަން ނިންމައިފި އެވެ.

ސްޓޭޓް ފާމާ އިން ބުނގޮތުގައި އެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ އެވެ. ނަމަވެސް ޑިސްޓްރިބިއުޝަން ސެންޓަރު ގާއިމު ކުރާނެ ރަށްރަށެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެ އެވެ.

ސަރުކާރުން ބުނީ މި ސެންޓަރުތަކުގެ މައިގަނޑު ބޭނުމަކީ އުތުރާއި ދެކުނުގެ ރަށްރަށަށް މިހާރަށް ވުރެ ފަސޭހަކޮށް، އަވަހަށް ބޭސް ފޯރުކޮށް ދެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން ކަމަށެވެ. އެގޮތުން އެ މަސައްކަތާ އެކު މާލެ މެދުވެރި ނުވެ، ސީދާ އެ ސަރަހައްދެއްގެ ޑިސްޓްރިިބިއުޝަން ސެންޓަރުތައް މެދުވެރިގެން ރަށްރަށަށް ބޭނުންވާ ބޭސް ފޯރުކޮށް ދެވޭނެ ކަމަށް ސްޓޭޓް ފާމާ އިން ބުންޏެވެ.

ރާއްޖޭގެ 194 ރަށެއްގައި އެ ކުންފުނީގެ ބޭސްފިހާރަތައް ހިންގަމުން އަންނަ އިރު، އެންމެ އަމާޒަކީ ބޭނުންވާ ހުރިހާ ބޭހެއް ވެސް ލިބޭނެ ގޮތް ހެދުން ކަމަށް ކުންފުނިން ބުންޏެވެ. އަދި ލިބެން ހުރި ބޭސްތަކާއި އެ ބޭސްތައް ލިބެން ހުރި ތަންތަނާ ބެހޭ މައުލޫމާތު އެނގޭނެ ޕޯޓަލްއެއް ތައާރަފު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓޭޓް ފާމާ އިން ބުންޏެވެ.

އެ ޕޯޓަލްގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައިލެވޭނެ އެވެ.

މީގެ އިތުރުން ޑްރޯން ބޭނުންކޮށްގެން ރަށްރަށަށް ބޭސް ފޯރުކޮށް ދޭން ޕައިލެޓް ޕްރޮޖެކްޓެއް ވެސް އަންނަ އަހަރުގެ ކުރީކޮޅު ފަށަން ސްޓޭޓް ފާމާ އިިން އަންނަނީ ތައްޔާރުވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top