އިހުތިރާމް އަދާރާމުކުރުމުގެ ގައުމީ މަޝްރޫއު, އިފްތިތާހުކޮށް ދެއްވައިފި އެވެ.
މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އެވެ.
އާދިއްތަ ދުވަހުގެރޭ މި މަޝްރޫއު އިފްތިތާހުކުރީ މާފަންނު ޓްރެކް ސަރަޙައްދުގައި ބޭއްވި ކުލަަގަދަ ރަސްމިއްޔާތެއްގައެވެ. އެ މަޝްރޫއު އިފްތިތާހުކޮށް ދެއްވުމަށް ފަހު ރައީސް އެ މަޝްރޫއުގައި ބޭނުންކުރާނެ ލޯގޯ ވެސް އިފްތިތާހުކޮށް ދެއްވި އެވެ.
އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ރައީސް މުޢިއްޒުގެ ޚާއްސަ ވައުދުފުޅެކެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން ދިރުވައި އާލާކުރުމެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ޝިއާރަކީ ”އިހުތިރާމުގެ އުފާ ތަހުޒީބު މުޖުތަމައު“ އެވެ.




