ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ގައި ތުޅާދޫ ވިދާލައިފި

001_25-1.jpg

ފޮޓޯ:ތުޅާދޫ ޓައިމްސް

ލިޔެލާޖެހުމުގެ ރޮނގުން މުޅި މަޝްހޫރު ތުޅާދޫގެ ފަންނާނުން ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގައި ރަންވަނަ ތަކަކާއެެކު ވިދާލައިފި އެވެ.

މި މައުރަޒުގައި ތުޅާދޫގެ ފަންނުވެރިން ހޯދި ކާމިޔާބުތަކަށް ބަލާއިރު، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން ލަކުޑީގެ އުފެއްދުންތަކުން 1 ވަނަ، ތުޅާދޫ ހިންމަތް، މުޙައްމަދު މާހިރު ހޯއްދެވިއެވެ. އޭނާވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން ލަކުޑި ބޭނުންކޮށްގެން އުފައްދާފައިވާ އެހެނިހެން އުފެއްދުންތަކުގެ ދާއިރާއިން ވެސް 1ވަނަ ހޯއްދަވާފައެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގެ ދަށު ގިންތިތަކުން ތުޅާދޫ، ދެ ހުނަރުވެރިއަކު ދެ ގިންތިއަކުން ވެސް 1ވަނަ ހޯއްދަވާފައިވެއެވެ. ލިޔެލާޖެހުމުގެ ގިންތިން 1ވަނަ ހޯއްދެވީ ބ. ތުޅާދޫ ރިޔާޒް، ޢަބްދުލް ޢަޒީޒް ޢަބްދުއްރަޙީމެވެ. މަސްވެރިކަމުގެ މަސައްކަތުގެ އެހެނިހެން ގިންތިން 1ވަނަ ހޯއްދެވީ ތުޅާދޫ، ދެރަހަ، މުޙައްމަދު އަޙުމަދެވެ.

ދަށު ގިންތިތަކުން ލިޔެލާޖެހި ތަކެތިން 2ވަނަ ބ. ތުޅާދޫ، ތެވެލި މުޙައްމަދު އަޙުމަދު ހޯއްދަވާފައިވާއިރު ދިވެހިރާއްޖެ ރަމްޒުކޮށްދޭ ސުވެނިއާ ތަކެތިން 2ވަނަ ހޯއްދެވީ ތުޅާދޫ ދިޔަރެސް، އައިޝަތު ރަޝީދާއެވެ. މަސްވެރިކަމުގެ އުފެއްދުންތަކުގެ އެހެނިހެން ތަކެތިން 2ވަނަ ތުޅާދޫ، ދެރަހަ، މުޙައްމަދު އަޙުމަދު ހޯއްދެވި އިރު، ލަކުޑި ބޭނުންކޮށްގެން އުފައްދާފައިވާ އެހެނިހެން އުފެއްދުންތަކުން 2ވަނަ ހޯއްދަވާފައިވަނީ ތުޅާދޫ ފަސްތަރި، އިބްރާހީމް ޞާލިހެވެ.

މައި ގިންތިތަކުން އަތްތެރި މަސައްކަތްތެރިކަމުން 2ވަނަ ތުޅާދޫ، ރިޔާޒު، ޢަބްދުލްޢަޒީޒް ޢަބްދުއްރަޙީމް ހޯއްދެވި އިރު މަސްވެރިކަމުގެ ގިންތިން 2ވަނަ ހޯއްދެވީ ތުޅާދޫ ދެރަހަ، މުޙައްމަދު އަޙުމަދެވެ.

ދަށު ގިންތިތަކުން ލިޔެލާޖެހުމުގެ ގިންތިން 3ވަނަ ހޯއްދެވީ ބ. ތުޅާދޫ މާފަރިވާގޭ ޢަބްދުﷲ ސާޖިދެވެ. ސުވެނިއާގެ ގިންތިން 3ވަނަ ހޯއްދެވީ ތުޅާދޫ، ރިޔާޒް ޢަބްދުލް އަޒީޒް ޢަބްދުއްރަޙީމެވެ. ލަކުޑި ބޭނުންކޮށްގެން އުފައްދާފައިވާ އެހެނިހެން ތަކެތީން 3ވަނަ، ތުޅާދޫ ބޮމަކަނދަށް ލިބިފައިވާ އިރު، ރަށް އަދި ސިޓީ ކައުންސިލްގެ ދާއިރާއިން 2ވަނަ ހޯދާފައިވަނީ ތުޅާދޫ ކައުންސިލެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައި ދޭނެ މައުރަޒެކެވެ.

ރާއްޖޭގައި އުފެއްދުންތެރިކަމުގެ މައުރަޒެއް އެންމެ ފުރަމަ ބޭއްވީ 1944 ގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top