ތުޅާދޫ ސަގާފީ މަރުކަޒުގެ މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށް

c4131c62-b0fd-4793-af97-60736200a75c.jpg

ބ. ތުޅާދޫގައި އިމާރާތްކުރާ ސަގާފީ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ އިމާރާތުގެ ފައުންޑޭޝަނާއި އޮނިގަނޑުގެ މަސައްކަތްތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި, މި މަޝްރޫއުގެ ތަފްސީލަށް ބަލާއިރު، މައި އިމާރާތުގެ އިބްތިދާއީ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި ބިންގަނޑު އެއްވަރުކުރުމުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ކޮންކްރީޓް މަސައްކަތުގެ 11 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ.

ކެފޭ އިމާރާތުގެ މަސައްކަތްތަކަށް ބަލާލާއިރު، ބިންގަނޑު އެއްވަރުކުރުމުގެ 50 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި އެ އިމާރާތުގެ ކޮންކްރީޓް މަސައްކަތުގެ 1 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ޖުމްލަގޮތެއްގައި މި މުޅި މަޝްރޫއުގެ 4.08 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިވަގުތު މައި އިމާރާތުގެ ބީމްތަކުގައި ދަގަނޑު އެޅުމާއި ފިލާޖެހުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ކެފޭ އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައް ވެސް ވަނީ ފަށާފައެވެ.

ބިންގަނޑު ތައްޔާރުކުރުމުގެ ބޮޑު ބައެއް ނިމި، ދެ އިމާރާތުގެ ވެސް ސްޓްރަކްޗަރގެ މަސައްކަތްތައް ފެށިގެން ކުރިއަށް ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top