ބ.އަތޮޅުގެ އާރްޓީއެލް ފެރީ އަކީ ރައްކާތެރި، އިތުބާރު ހިފޭ ނިޒާމެއް: އެމްޓީސީސީ

img_md_202608060430081786015808.1963.png

ބ. އަތޮޅުގައި ފޯރުކޮށްދެމުން އަންނަ އާރްޓީއެލް ފެރީގެ ޚިދުމަތަކީ ރައްކާތެރި އަދި އިތުބާރު ހިފޭ ދަތުރުފަތުރުގެ ނިޒާމެއްކަމަށް ބަޔާންކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މީސްމީޑިއާގައި ބަޔާނެއް އާންމުކޮށްފިއެވެ.

އެމްޓީސީސީން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ، މި ޚިދުމަތުގެ ސަބަބުން އެ އަތޮޅުގެ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ބޮޑު ލުއިފަސޭހައެއް ލިބިގެންގޮސްފައިވާ ކަމަށެވެ. މިއީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކޮށްދޭ ޚިދުމަތެއްކަންވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ޒަމާނީ ފެންވަރުގެ ބާރު ދުވެލީގެ ފެރީތައް ބޭނުންކޮށްގެން ގިނަ ރޫޓުތަކެއްގައި ދެމުން އަންނަ މި ޚިދުމަތުން، އަސާސީ އެކި ކަންކަމަށް ވާސިލުވުން ފަސޭހަ ވުމާއެކު ސިއްހީ ފަރުވާއާއި، ތައުލީމާއި، ވިޔަފާރީގެ އިތުރުން ވަޒީފާގެ ފުރުސަތުތަކާ ހަމައަށް ދިއުމަށް މި ނިޒާމުގެ ސަބަބުން މަގުފަހިވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

މި ނިޒާމުގެ ސަބަބުން މުޅި އަތޮޅުގެ އިގުތިސާދީ ކުރިއެރުމަށް އެހީތެރިވެދީ، އިޖުތިމާއީ ގުޅުންތައް އިތުރަށް ބަދަހިވަމުން އަންނަކަމަށް އެމްޓީސީސީގެ އިއުލާނުގައިވެއެވެ. އާރްޓީއެލްގެ ވިއުގަ ފަރުމާކޮށްފައިވަނީ ދަތުރުވެރިންނަށް އަރާމު އަދި ވަގުތު ސަލާމަތްކުރެވޭނެ ފަދަ ގޮތަކަށްކަންވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން އެމްޓީސީސީން ހިންގާ އާރްޓީއެލް ފެރީގެ ނިޒާމު ބ. އަތޮޅުގައި ރަސްމީކޮށް ފަށާފައިވަނީ 2015ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ.

މުޅި ރާއްޖެ އެއް ނިޒާމަކުން ގުޅާލުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، މިހާރުވެސް ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި މި ޚިދުމަތް އަންނަނީ ދެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top