އޮސްޓްރޭލިއާއިން ޕާކު ހަދާ ސާމާނު ދެނީ، ބޭނުންވާ ކައުންސިލްތަކަށް ފުރުސަތު

433018_3_3eb7cd79dff08c5c9e0472e04dc263f4c8e286a8.webp

އޮސްޓްރޭލިއާގެ ކުޑަކުދިންގެ ޕާކުތަކުގައި ބޭނުންކޮށް، ރަނގަޅު ހާލަތުގައި ހުރި ސާމާނު ބޭނުންވާ ކައުންސިލުތަކަށް ދޫކުރުމުގެ ޕްރޮގްރާމެއް ފަށަން އޮސްޓްރޯލިއާ ހައިކޮމިޝަނާއި އޮސްޓްރޭލިއާ މޯލްޑިވްސް ޕްރެންޑްޝިޕް އެސޯސިއޭޝަނުން ނިންމައިފިއެވެ.

އެ ގައުމުގެ ހައި ކޮމިޝަނުން ކުރި ޕޯސްޓެއްގައި ވަނީ، އެ ޕްރޮގްރާމުގެ ދަށުން ދޫކުރާނީ، އޮސްޓްރޭލިއާގައި ބޭނުންކޮށްފައި ހުރި ތަކެތި ނަމަވެސް ބޭނުންކުރެވޭ ހާލަތުގައި ހުރިކަން ޔަގީންކޮށްފައިވާ ތަކެތި ކަމަށެވެ.

އެކަމަކު، އޭގެތެރެއިން ބައެއް ތަކެތީގެ ކުދިކުދި މަރާމާތު ކުރަން ޖެހިދާނެކަން އެ ޕޯސްޓުގައި ބުނެފައިވެއެވެ. އެ ކޮމިޝަނުން ވަނީ، ކައުންސިލުތަކަށް ދޫކުރާ ޕާކު ސާމާނުތައް ހުންނާނެ ގޮތުގެ ފޮޓޯތައް ވެސް އާންމުކޮށްފައެވެ..

މި އިސްނެގުމުގެ ދަށުން އޮސްޓްރޭލިއާގެ އާންމު ތަންތަނުން ނެގޭ ފެންވަރު ރަނގަޅު ޕްލޭގްރައުންޑް ސާމާނު ރާއްޖެއަށް ފޮނުވާ އަލުން ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރުމަށް ރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދައުވަތު ދީ އެ ފަރާތްތަކަށް އީމެއިލް ފޮނުވައިފައިވެއެވެ.

ބައިވެރިވާން ޝައުގުވެރިވާ ކައުންސިލްތަކުން ސާކިއުލާ ރަނގަޅަށް ކިޔުމަށް ފަހު އެ ސާމާނު އުފުލައި ބެހެއްޓޭނެ ގޮތާއި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ގޮތް ހާމަކޮށް ޝައުގުވެރިކަން ފާޅުކުރުމުގެ ސިޓީ ހުށަހެޅުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.

ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ 2026 ވަނަ އަހަރުގެ ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top