”ދޫންޏަށް ވޯޓް ދިނީމަ ހުންނާނީ ރަނގަޅަށް” ރައީސް

original_1772133282153-scaled.jpg

"ދިވެހީންގެ ރާއްޖެ" ތަރާވީސް

ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމުގައި ކެނޑިޑޭޓުންގެ ނަމާއި ނަަންބަރު ކޮންމެހެން ބައްލަވާނެ ކަމެއް ނެތް ކަމަށާއި ދޫނި ފެނުނީމަ ދޫންޏަށް ވޯޓް ދިނީމަ ހުންނާނީ ރަނގަޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

“ދިވެހީންގެ ރާއްޖެ” ތަރާވީސް ގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދީ އިންތިހާބު ކޮށްދީފިނަމަ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި ވަރަށް ފަސޭހަވާނެ ކަމަށެވެ.

އަދިނމިދިޔަ ދެ އަހަރު މާލެ ސިޓީ ކައުންސިލުން ކުރަން ޖެހޭ ގިނަ ކަންކަން ނުކުރެވޭ ކަމަށާއި އެމަނިކުފާނުގެ މޭޔަރު ކަމުގައި ސްޓެރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައްވާ ތަންފީޒު ކުރައްވަން ފެއްޓެވި ކަމަށާ ނަމަވެސް މިދިޔަ ދެ އަހަރު އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ހުރިހާ ކަމެއް ހުރީ ހުއްޓިފައި ކަމަށް ވިދާޅުވި އެވެ.

އެހެންް ކަމުން އެކަން އެގޮތުގައި އޮތުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި ސަރުކާރަށް އެއްބާރުލުންދީ ކަންކަަން ކުރެވޭނެ ކައުންސިލެއް އިންތިހާބުކޮށް ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

“ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން ކެނޑިޑޭޓުންގެ ނަމާއި ނަަންބަރު ކޮންމެހެން ބައްލަވާނެ ކަމެއް ނެތް. ދޫނި ފެނުނީމަ ވޯޓް ދިނީމަ ހުންނާނީ ރަނގަޅަށް,” ރައީސް ވިދާޅުވި އެވެ.

ރައީސް ތަކުރާރު ކުރައްވައި ވިދާޅުވީ އެމަނިކުފާނާއި ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް އޮތުމަކީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި ވަރަށް ފަސޭހަވާނެ ކަމެއް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ރެއާއި ދުވާލު ނަތީޖާ ނެރެދިނުމުގައި ކަމަށާ އެހެން ކަމުން ނަތީޖާ ނެރެދިނުމުގައި ހުރަހަކަށް ވާނެ ކައުންސިލްތައް އިންތިހާބު ނުކުރުމަށް އެދިވަޑައިގަތެވެ.

“ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ މޭޔަރަކަށް ހޮވައިދިނުމަކީ ކައުންސިލެއް ހޮވައިދިނުމަކީ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާނެ ކޮމެޓީއެއް ހޮވައިދިނުމަކީ އަޅުގަނޑު މާލޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އެދޭ އެދުމެއް,” އެގޮތަށް ރައްޔިތުން ނިންމަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައި ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.

މާލެ ސިޓީގެ އިތުރުން އެހެނިހެނން ސިޓީތަކުންނާއި ރަށްރަށުން ވެސް އެގޮތަށް ނިންމަވައިދެއްވުމަށްވެސް ރައީސް  އެދިވަޑައިގެންނެވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top