މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް

IMG_20220514_120640345.jpg

މޫސުން ގޯސް ދުވަހެއް

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ. މިކަމާ ގުޅިގެން އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓެއް ނެރެ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

މެޓް އޮފީހުން ނެރުނު ވައިޓް އެލާޓުގައި ބުނަނީ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ޚާއްޞަކޮށް ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އެއާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ އިރު، ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ވިއްސާރަވެ ގުގުރާނެ ކަމަށް ލަފާކުރެއެވެ. އަދި ރެއިން ފެށިގެން މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް މެޓުން ލަފާކުރެއެވެ.

މީގެ އިތުރުން، ހުޅަނގާއި ހުޅަނގު ދެކުނު އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އިރު، ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ އެންމެހާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދެއްވައި، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މެޓުއޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top