ކެންދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ނިންމައިފި

original_1747998101297.jpeg

ބ. ކެންދޫގައި ސަރުކާރުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެނ ކުރިއަށް ގެންދިޔަ އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަންކޮށްފި އެވެ

ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން ކެންދޫގައި 5.26 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓުވޯކު ގާއިމު ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށްފައިވެ އެވެ. އޭގެ އިތުރުން ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބަހައްޓައި ގެތަކުގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ ދަށުން ކެންދޫގައި 4.88 މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓުވޯކު ގާއިމު ކުރުމާއި 556 މީތަރުގެ ޕަންޕިން ލައިން އެޅުމާއި، ދެ ޕަންޕިން ސްޓޭޝަނާއި އެއް ސީއައުޓް ފޯލް ގާއިމުކޮށްފައިވެ އެވެ. އޭ

ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދީފައިވެ އެވެ.

ސަރުކާރުން މި މަސައްކަތް އެމްޑަބްލިޔުއެސްސީ އާ ހަވާލު ކޮށްފައިވަނީ 56.24 މިލިއަން ރުފިޔާ އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top