އޭދަފުށީގައި އޭޝިއާ ސަރަހައްދުގެ ކައުންސިލަރުންގެ ބައްދަލުވުން ފަށައިފި

photo_6156970872087364685_y.jpg

އޭޝިއާ ސަރަހައްދުގެ ކައުންސިލަރުންގެ މިއަހަރުގެ ބައްދަލުވުން އޭދަފުށީގައި މިއަދު ފަށައިފި އެވެ.

ބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގެންނެވި ދޭސީ ބިދޭސީ އެންމެހައި މެހްމާނުންނަށް އޭދަފުށިންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ހަމައެއާއެކު އޭޭދަފުށި ވަަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައިވެސް މެއެވެ.

މިއަދު ހެނދުނު އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ބައްދަލުވުން ފައްޓަވައި ދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އަފްރާހެވެ. މާދަމާގެ ނިޔަލަށް މި ބައްދަލުވުން ކުރިއަށް ދާނެ އެވެ.

މި ފޯރަމްގައި ފިލިޕީންސް، ޖަޕާން، ތައިވާން، ދެކުނު ކޮރެއާ އަދި ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ކައުންސިލަރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މި ބައްދަލުވުމުގައި ފިލިޕީންސް، ޖަޕާން، ތައިވާން، ދެކުނު ކޮރެއާ އަދި ދިވެހިރާއްޖޭގެ ކައުންސިލަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ރަސްމިއްޔާތު އޮންނަ ސަރަހައްދުގައިވަނީ ދިވެހިންގެ އާދަކާދައާއި ސަގާފަތް ދައްކުވައިދިނުމަށް ދވެހީންގެ އިހެ ދިރިއުޅުން ދައްކައދޭ މައިޒާނެއްވެސް ތައްޔާރު ކޮށްފައެވެ.

އަހަރަކު އެއްފަހަރު ބާއްވާ މި ފޯރަމަކީ މެމްބަރު ގައުމުތަކުގެ ލޯކަލް ކައުންސިލްތަކާއި ކައުންސިލަރުންގެ މެދުގައި ގުޅުން ބަދަހިކޮށް، މަޢުލޫމާތާއި ތަޖުރިބާއާއި އެހީތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ފޯރަމެކެވެ.

އޭސީއެފްގައި ރާއްޖެ ތަމްސީލުކުރާ ހަމައެކަނި މެމްބަރަކީ ބ. އަތޮޅު ކައުންސިލެވެ. މިދިޔަ އަހަރު މި ފޯރަމް ބޭއްވުނީ ފިލިޕީންސްގެ ސެބޫގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top