ދޮށީ އުމުރުގެ މީހުންގެ އެލަވަންސް 7000އަށް ބޮޑު ކޮށްފި

original_1695323885123.jpeg

ރައީސް ސޯލިހު

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ 5000 ރުފިޔާގެ އެލަވަންސް ކޮންމެ މަހަކު 7،000 ރުފިޔާ އަށް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން މާލޭގައި ހުންނަ ހުވަދޫ ޖަގަހައިގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ މި ފަސް އަހަރު ދުވަހު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދިނުމަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ލިބިވަޑައިގަތް އެއް ޝަކުވާއަކީ ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތް ކުޑަ ކަމުގެ ޝަކުވާ ކަމަށެވެ. މިހާރު ލިބެމުން އަންނަ އަދަދަކީ ދެކޮޅު ޖެހޭ އެއްޗެއް ނޫން ކަމަށް ބުނެ އެމީހުން ހިތްހަމަނުޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިރޭ ބޮޑުކުރުމަށް މި ނިންމެވި އަދަދަކީ ރައީސް ވިދާޅުވި ގޮތުގައި މާ ކުރިންވެސް ހަމަޖައްސާފައި އޮތް އަދަދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އުމުރުން 65 އަހަރުވުމުން ރިޓަޔާމަންޓް އޮޕްޝަނަލްކޮށް، 70 އަހަރަށް ދިޔައީމަ، ރިޓަޔާމަންޓް އުމުރު ބަދަލު ކުރުމަށް ނިންމަވާފައިވާ ކަން ވެސް އިއުލާން ކުރެއްވި އެވެ.

މި ސަރުކާރުން އެ އެލަވަންސް ބޮޑު ކުރުމާއެކު އުމުރުން ދުވަސްވީ މީހުންނަށް، އެލަވަންސްގެ ގޮތުގައި ދެން މަހަކު7000 ރުފިޔާ ލިބޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top