ގައްބެ ދަރަވަންދޫގައި

12688102_1068102889897623_4640446072924969112_n-1.jpg

ގައްބެ ތުޅާދޫގައި ލިޔެލާޖެހުމުގެ މަސައްކަތުގައި . ފޮތޯ : އެޓޮލް ސެއިލަރ

ރާއްޖެ ވަށައި ކަނޑުމަގުން ބުރެއްޖެހުމަށް ކަޓަމަރާނީއެއްގައި ނުކުމެ އުޅޭ ގައްބެ މިހާރުހުރީ ބ. ދަރަވަންދޫގައެވެ. ދަރަވަންދޫއަށް މިއަދު ހަވީރު އައީ ހެދުނު ގޮއިދޫން ފުރައިގެން ތުޅާދޫގައި ދެގަޑިއެއްހާއިރު މަޑުކުރުމަށްފަހުގައެވެ.

ތުޅާދޫ އޮތީ ގައްބެއަށް މަރްހަބާ ކިއުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ތުޅާދޫގެ ހުޅަނގުކޮޅުގައިވަނީ ޚާއްސަ ސަގާފީ ޝޯއެއްވެސް ބާއްވާފައެވެ. މިދަތުރުގައި ގައްބެ ވަނީ ތުޅާދޫ އާއި ގުޅިފައިވާ ލިޔެލާޖެހުމުގެ މަސައްކަތް ބަލައި އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ.

ގައްބެ ތުޅާދޫން ފުރާފައިވަނީ މިއަދު މެންދުރު އެކެއްޖަހާކަށްހާއިރުއެވެ. ބ.އަތޮޅުގެ ފަހު މަންޒިލް ކަމުގައިވާ ދަރަވަންދޫއަށް ގޮސްފައިވަނީ ހަވީރު 4 ޖެހިއިރުއެވެ.

ދަރަވަންދޫވެސް ވަނީ ގައްބެއާ ގައްބެގެ ޓީމަށް މަރުހަބާ ކިއުމަށް އަތިރިމައްޗަށް ޖަމާވެފައެވެ. އަދި ތަފާތު ކުޅިވަރުއައިޓަމްތައް ގައްބެގެ ޝަރަފްގައ އެތަނުގައި އޮތެވެ.

12140589_936173706458497_551349247112970148_n

މި ދަތުރު އިންތިޒާމްކުރި އެޓޮލް ސެއިލަރއިން ބުނިގޮތުގައި މާދަމާ ހެނދުނު ގައްބެ ދަތުރަށް ފަށާއިރު ފުރަތަމަ ދާނީީ ބ. އަތޮޅުގައި ހިމާޔަތް ކޮށްފައިވާ ހަނިފަރު ބަލާލުމަށެވެ. އެއަށްފަހު ގައްބެގެެ މިސްރާބުއޮތީ ރ. އަތޮޅާ ދިމާލަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top