ވެލާތައް ފެޅީ ކެންދޫ ބައެއް. ބަޔާން ނެގުމަށްފަހު ދޫކޮށްލައިފި

f096616b-9f9f-4306-82ae-54038524b5cb.jpeg

މަރާލާފައިވާ ވެލާތައް - ފޮޓޯ: ޓްވިޓާ

ބ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކެޔޮދޫގައި ހަ ވެލާ ފަޅާލި މައްސަލައިގައި ހައްޔާރުކުރީ ކެންދޫ ފަސް މީހުން ކަމަށާއި އެމީހުން ހައްޔަރުކޮށް، ބަޔާން ނެގުމަށް ދޫކޮށްލާފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން ބުނެފިއެވެ.

އެ ވެލާތައް މަރާލާފައި އޮއްވާ ފެނުނީ ހުކުރު ދުވަހު ކެޔޮދޫންނެވެ. އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާއިރު، އެކަން ފުލުހުންވެސް ދަނީ ބަލަމުންނެވެ.

އީޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ, ވެލާ ފެޅުމުގައި އުޅުނީ ފަސް މީހަކު ކަމަށާއި އެ އެންމެންނަކީވެސް ކެންދޫ މީހުން ކަމަށެވެ. އަދި އެ މީހުން ތިބި ތަނުން ވަރަށް ގިނަ އަދަދަކަށް ވެލާ މަސް ފެނުނު ކަމަށް ބުންޏެވެ.

އީޕީއޭ އިން ބުނީ, ފުލުހުންނާއެކު އެ އެޖެންސީ އާއި ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވްގެ އޮފީހުގެ މުވައްޒަފަކުވެސް ފަޅު ރަށަށް ދިޔަ ކަމަށާއި ހެކި ހޯދުމުގައި އެ މުވައްޒަފުން ފުލުހުންނަށް އެހީތެރިވެދިން ކަމަށެވެ. ވެލާ ފެޅި އެންމެންގެ ބަޔާން ނެގުމަށްފަހު ދޫކޮށްލި ނަމަވެސް ތަހުގީގު ނިމުމުން އެ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން ބުންޏެވެ.

އެ މައްސަލައިގައި އެ މީހުންނާއި މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށްދާ ކަމަށް އީޕީއޭ އިން ބުންޏެވެ.

ރާއްޖޭގައިވަނީ ވެލާ ކަހަނބުގެ ބާވަތްތައް ހިމާޔަތްކޮށް އެ ހިފުން މަނާކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top