މުއްދަތު ހަމަވެފައިވާ ބާސްމަތީ ހަނޑޫ ރާއްޖޭގައި ވިއްކަނީ

large_166667862838nyfV-1.jpg

މުއްދަތު ހަމަވެފައިވާ ބާސްމަތީ ހަނޑޫ ޕެކެޓްތަކެއްގެ މުއްދަތު ހަމަވާ ތާރީޚު ބަދަލު ކޮށްގެން ވިއްކަމުން އަންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭ އިން ބުނީ، ޕާކިސްތާނުގެ އަލް ޤަމަރް ގޯލްޑް ޕްރިމިއަމް އެރޯމެޓިކް ބާސްމަތީހަނޑުލުގެ ފަސް ކިލޯ ގްރާމް ޕެކެޓްގެ މުއްދަތު ހަމަވާ ތާރީހް ބަދަލުކޮށްގެން ވިއްކަމުންދާ ކަން އެ އޮތޯރިޓީން ކުރި އިންސްޕެކްޝަނުން ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން އެ އޮތޯރިޓީން ބެލި ބެލުމުން އެ ޕެކެޓްގައިވާ މުއްދަތު ހަމަވާ ތާރީހް ހަމަވުމުން، އޭގެ މަތީގައި ސްޓިކާއެއް ހަރުކޮށް، އެ ތާރީހަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމަކީ އޭގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ގެއްލި އާއްމު ސިއްހަތަށް ނުރައްކާ ވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެހެންކަމުން މުއްދަަތު ހަމަވާ ތާރީހް ބަދަލުކޮށްގެން ކާބޯތަކެތި އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި، ބޭނުން ނުކުރަން އެމްއެފްޑީއޭ އިން ވަނީ އަންގާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top