މުދަލު ޒަކާތުގެ ނިސާބު ކުޑަކޮށްފި

zakaat-1-630x375.jpg

މުދަލު ޒަކާތުގެ ނިސާބު އިސްލާމިކް މިނިސްޓްރީން ކުޑަކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ މި މަހުގެ 20 އިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 5،777.45ރ. ކަމަށެވެ. މިއީ މި އަހަރުގެ ޖޫން މަހު މުދަލުގެ ނިސާބަށް ކަނޑައެޅި މިންވަރަށް ވުރެ 618.80ރ. ކުޑަ ވުމެކެވެ. އޭރު މުދަލު ޒަކާތް ވާޖިބުވާ ނިސާބަކަށް ކަނޑައެޅީ 6،396.25ރ. އެވެ.

މުދަލު ޒަކާތުގެ ނިސާބަށް ބަދަލު އަންނަނީ ރަނާއި ރިހީގެ އަގަށް ދުނިޔޭގެ ބާޒާރުގައި އަންނަ ބަދަލާއި ގުޅިގެންނެވެ.

ރާއްޖޭގައި މުދަލުގެ ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) އިންނެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީގޮތުން ވާޖިބެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top