ޓެކްސްތައް ބޮޑުކުރާ ބިލު މަޖިލީހަށް ހުށައަޅައިފި

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

ރައްޔިތުންގެ އަތުން ނަގަމުން އަންނަ ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޓޫރިޒަމާ ބެހޭ ގާނޫނަށާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ތިން ބިލެއް ފޮނުވާފައިވާކަމަށެވެ.

އިގްތިސާދީ ގޮތުން ރާއްޖޭގެ ފުދުންތެރިކަން ދަށަށް ގޮސްފައިވާ މި ދަނޑިވަޅު ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ނިންމީ އެއްވެސް ޕްލޭނެއް ނެތި ކަމަށް އިގްތިސާދު ދިރާސާ ކުރާ ފަރާތް ތަކުން އަންނަނީ ބުނަމުންނެވެ.

ހަމައެހެންމެ މިފަދަ ބަދަލެއް ގެންނަން ސަރުކާރުން ނިންމާފައި މިވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށާއި އެ އަހަރު ވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައި ވަނިކޮށެވެ.

ސަރުކާރުން ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top