ދިރާގު އިންޓަނެޓް، މިމަހުގެ ނިޔަލަށް ގުޅައިދިނުން ހިލޭ!

big_b9gKvrbV0I26YWVyIAamrIE0F.jpg

ދިރާގުން ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތަށް އެދޭ މީހުންނަށް މިމަހުގެ ނިޔަލަށް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ދިރާގުން މިހާރު ފަށާފައިވާ ފައިބް ބްރޯޑް ބޭންޑް އިންޓަނެޓުގެ މި ޕްރޮމޯޝަންގައި މިމަހުގެ ނިޔަލަށް އިންޓަނެޓު ގުޅައިދިނުމުގެ އިތުރުން ދިރާގު ޖޮއިބޮކްސްއެއް ވެސް ހިލޭ ލިބިގެންދާނެ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ހިމަނާފައިވެ އެވެ. އެގޮތުން މި ޕްރޮމޯޝަނަލް އޮފާގެ ދަށުން ދިރާގު ފައިބަ ބްރޯޑްބޭންޑަށް ކުރިމަތިލާ ހުރިހާ ކަސްޓަމަރުންނަށް 50 ޕަސެންޓް ޑިސްކައުންޓް އަދި އޯއެންޓީ (ރައުޓާ) އިން ޑިސްކައުންޓް ލިބޭނެ އެވެ. އަދި ދިރާގުޓީވީ އަށް އެދި ހުށަހަޅާ ފުރަތަމަ 300 ކަސްޓަމަރުންނަށް ހިލޭ ވަޔަލެސް ކީބޯޑެއް ވެސް ލިބޭނެ އެވެ. އެއާއެކު ސެޕްޓެމްބަރުގެ ނިޔަލަށް ޓީވީގެ ޗެނަލްތަކުގެ މަހުފީގެ ގޮތުގައި ދައްކަން ޖެހޭނީ 350ރ. އެވެ.

އެ ކުންފުނިން ބުނީ ދިރާގު ޓީވީގެ ޗެނަލްތަކަކީ ހުރިހާ އުމުރުފުރާއަކަށްވެސް ހާއްސަ ޗެނަލްތަކެއް ކަމަށެވެ. މި ޗެނަލްތަކުގައި ދުނިޔެގެ މަޝްހޫރު ޑިޒްނީ ބޫކެޓް އޮފް ޗެނަލްސް އާއި ސޮނީ ސްޕޯޓްސް ޗެނަލްސް އަދި ޑިސްކަވަރީ ޗެނަލްސްގެ އިތުރުން ސްޓާ ޗެނަލްސް ފަދަ ގިނަ ޗެނަލްތަކެއްވެސް ހިމެނެ އެވެ. މިހާރު މި ހިދުމަތް ރާއްޖޭގެ ގޭބިސީގެ 84 ޕަސެންޓުން ބޭނުން ކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top