އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި

amru-2048x1448.jpg

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުގައި މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މިއަހަރުގެ ރަމަޒާން ބާޒާރު ފަށައިފި އެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރަމަޒާން ބާޒާރުގައިވެސް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެެވެ.

އެގޮތުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި ރަށްރަށުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުން 40 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މިފަހަރުގެ ބާޒާރުގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ބޮޑު އިނާމަކަށް ހުށަހަޅާފައިވަނީ ނަސީބުވެރި އެއް ފަރާތަކަށް ތުރުކީ ދެކޮޅު ޓިކެޓް ދެމީހަކަށް ލިބުމުގެ ފުރުސަތެވެ. އަދި ދަތުރުގެ އެލަވެންސްގެ ގޮތުގައި 1000 ޑޮލަރު ދިނުމަށްވެސް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު އެއް ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވާ އިރު 10 މީހަކަށް އަގުހުރި އިނާމުތަކެއް ވެސް ކަނޑައަޅާފައިވެއެވެ.

މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނީ އެސްޓީއޯގެ ފިހާރަތަކުން 1،000 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކުރާ ފަރާތްތަކަށެވެ. އެހެންނަމަވެސް މި ފަހަރުގެ ރަމަޒާން ބާޒާރުގައި ބޭނުންކުރާނީ ޑިޖިޓަލް ކޫޕަން ކަމަށާއި އެ ކުންފުނީގެ އަމާޒަކީ އޮޕަރޭޝަންތަކުގައި ކަރުދާސް ބޭނުންކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކުންފުނީގެ އޮޕަރޭޝަން ބައްޓަން ކުރުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top