ނޮވެމްބަރު މަހު އިންޑިއާ ، އާއްމުކޮށް ހުޅުވާލަނީ

14700539.jpg

ދިވެހިން އާއްމު ކޮށް ގޮސްއުޅޭ، އިންޑިއާގެ ޓްރިވެންޑްރަމްގެ ޗާލައި ބާޒާރު

ކޮވިޑް-19ގެ ސަބަބުން އަހަރަކަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތް އިންޑިއާ، އަންނަ ނޮވެމްބަރު މަހު 15 ގައި އާއްމުކޮށް ހުޅުވާލާނެ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

އެެހެން ނަމަވެސް މި މަހު 15 އިން ފެށިގެން ފަތުރުވެރިންނަށް އެގައުމު ހުޅުވާލާނެކަމަށް މިއަދުވަނީ އިއުލާނު ކޮށްފަ އެވެ.

އިންޑިއާ ސަރުކާރުން މިއަދު ހާމ ކޮށްފައިވާ ގޮތުގައި ވަނީ ކޮވިޑުން ރައްކާތެރިވުމަށް ގިނަ މަސައްކަތެއް ކުރުމަށްފަހު އެހެން ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ޓޫރިސްޓް ވިސާ ދިނުމަށް ހޯމް މިނިސްޓްރީން މިހާރުވަނީ ނިންމާފައެވެ.

އެގޮތުން ޗާޓަރު ފްލައިޓްތަކުން އަންނަ ފަތުރުވެރިންނަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެގައުމަށް އާދެވޭނެ ކަމަށާއި އެހެން ފްލައިޓްތަކުން އަންނަ ފަތުރުވެރިންނަށް ވެސް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެގައުމަށް ދެވޭނެ އެވެ.

ފަތުރުވެރިންނަށް އެގައުމު ހުޅުވާލި ނަމަވެސް އެހެން ގައުމުތަކުން ވެސް އަމަލު ކުރަމުން އަންނަ އުސޫލު އެގައުމުގައި އޮންނާނެއެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް އެގައުމުން އަދި އާއްމު ކޮށްފައެއް ނުވެއެވެ.

221 ގައުމަކާއި ސަރަހައްދެއް ހިމެނޭހެން ކޮވިޑް ފެތުރިފައިވާއިރު، އިންޑިއާއަކީ ދެވަނަ އަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާ ގައުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top