ގާޒީ އަލީ ނަސީރު ފެލިދޫ ކޯޓަށް ބަދަލުކޮށްފި

big_Rbq3IG7zjGMjvnsPQvjp0ZmBg.jpg

ސިވިލް ކޯޓްގެ ގާޒީ އަލީ ކަމުގެ މަގާމުގައި ހުންނެވި ބ.ކިހާދު އަލީ ނަސީރުގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވުމާ ގުޅިގެން އޭނާ އަށް ފިޔަވަޅު އެޅުމަށް ނިންމާ ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފި އެވެ.

ގާޒީ އަލީ ނަސީރުގެ މައްޗަށް ކުށް ސާބިތުވީ ސިވިލް ކޯޓުގައި އޭނާ ބެއްލެވި ދެ މައްސަލައެއްގެ ހަސްމުން އެ ދެ މައްސަލަ ވެސް އެއްކޮށް ނިންމަން ހުށަހަޅާފައި ވަނިކޮށް އޭނާ އަމަލުކުރެއްވި ގޮތުން ޖޭއެސްސީ އަށް ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތުވުމުންނެވެ.

މައްސަލަ ސާބިތުވުމުން އަލީ ނަސީރަށް ފިޔަވަޅު އެޅުމުގެ ގޮތުން ޖޭއެސްސީން ނިންމީ އޭނާގެ މަގާމު ދަށްކޮށް އެހެން ކޯޓަކަށް ބަދަލުކުރާށެވެ.

ޖޭއެސްސީގެ ސެކްރެޓަރީ ޖެނަރަލް އިޒްމީރާ ޝިޔާމު މިއަދު ވިދާޅުވީ ޖޭއެސްސީގެ ނިންމުމާ އެއްގޮތަށް އަލީ ނަސީރު އެހެން ކޯޓަކަށް ބަދަލުކުރުމަށްޓަކައި އޭނާ އަށް ތިން ރަށެއް ހުށަހެޅި ކަމަށެވެ. އެއީ ހއ. ދިއްދޫ، ވ. ފެލިދޫ އަދި ގދ. ތިނަދޫ އެވެ.

އެ ރަށްތަކަކީ މެޖިސްޓްރޭޓުން ބޭނުންވެގެން މެޖިސްޓްރޭޓުން ހޯދަން ވެސް ޖޭއެސްސީން އިއުލާންކޮށްފައިވާ ރަށްތަކެކެވެ. އިޒްމީރާ ވިދާޅުވީ ހުށަހެޅި ރަށްތަކުގެ ތެރެއިން ކެޔޮދޫ އަކީ އަލީ ނަސީރު އިހްތިޔާރު ކުރެއްވި ރަށް ކަމަށްވާތީ އެރަށަށް ގާޒީ ބަދަލުކުރަން ނިންމެވީ ކަމަށެވެ.

ގާޒީ އަލީ ނަސީރުގެ އިތުރު މައްސަލަ އެއްވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެއީ ރިހިވެލި ބީޗް ރިސޯޓްގެ ސަބްލީސް އެއްބަސްވުމާ ގުޅޭ ގޮތުން އިއްވި ހުކުމެއްގެ މައްސަލަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top