އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގައި އެއްވެސް ގޮތަކަށް ބައިވެރިވެފައެއް ނޯންނާނެ- އަލީ ހުސެން

medium_152878.jpg

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން - ފޮޓޯ: ވީނިއުސް

އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށާއި، “އަޅުގަނޑަކީ އެ ބޮޑު ހިޔާނާތުގެ ބައިވެރިއެއް ނޫން،” ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ކުރިއަށް ނުދަނީ ކީއްވެގެންތޯ ބެލުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ހިމެނޭ ޖޮއިޓް ކޮމިޓީން ބޮޑު ހިޔާނާތުގެ ލިސްޓު އިއްޔެ އާއްމު ކޮށްފައިވާއިރު، އެ ލިސްޓުގައި ހިމެނޭ މަޖިލިސް މެންބަރުންގެ ތެރޭގައި އަލީ ހުސެއިންގެ ނަން ހިމެނެއެވެ.

އަލީ ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ކުރުމާ ހަމަޔަށް އަދީބުގެ އެދުމުގެ މަތީން ތަފާތު އެކި މައްސަލަތަކުގަ އާއި، ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ތަފާތު އެކި މައްސަލަތަކުގައި ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދީ އަދި މަސައްކަތް ކޮށްދީފައިވާނެ ކަމަށެވެ.

އެކަމަކު އެއީ “އަޅުގަނޑުގެ ނަން ހިޔާނާތުގެ ބައިވެރިއެއްގެ ގޮތުގައި އޮންނަން ޖެހޭ ސަބަބެއް ނޫން،” ކަމަށެވެ.

އެކަން ސާބިތު ކޮށްދެވޭނެ ކިތާބީ އަދި ޝަފަހީ ހެކި އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

“އެއްވެސް ޒިންމާދާރުކަމެއް ނެތި ހަމަ ހޭވެސް އަހާލުމެއް ނެތި އަދި ދިފާއު ވުމުގެ ފުރުސަތުވެސް ނުދީ، ރައްޔިތުންގެ މަޖިލީހުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު ކަމަށް ބުނެ ލިސްޓެއް އާއްމުކޮށް މީހުންގެ އަބުރު ކަތިލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ، ދަށު ދަރަޖައިގެ އަމަލެއް، މައުސޫމު ކިތަންމެ މީހުންނެއްގެ ފޮޓޯ އާއި ނަން އެ ލިސްޓުގައި އެބަ އޮތްކަން ހަމަ ޔަގީން، ހަމަ ގައިމުވެސް އަޅުގަނޑު އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެއްވެސް ގޮތަކަށް ބައިވެރިވެފައެއް ނޯންނާނެ،” އަލީ ހުސެއިން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top