ބ.އަތޮޅުގައި ވޯޓު ލީ ދެމީހެއްގެ ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު!

viber-image-2021-04-10-20-55-50-1536x864.jpg

ވޯޓްގެ ސިއްރުކަން ގެއްލޭ ގޮތަށް ބ.އަތޮޅުން ވޯޓްލާފައިވާ ދެމީހެއްގެ ވޯޓްގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކޮށްފިކަމަށް އޮންލައިންނޫސް ”ވަގުތު” އިންބުނެފިއެވެ.

އެ ނޫހުގައި ޝާއިއު ކޮށްފައިވާ ޚަބަރެއްގައި ބުނަނީ މީގެތެރެއިން އެކަކީ ބ.އަތޮޅު ސޮނޭވާފުށި ރިސޯޓްގައި ބެހެއްޓި ވޯޓް ފޮއްޓަކަށް ވޯޓް ލާފައިވާ މީހެއް ކަމަށެވެ. ބ.ކަމަދުއަށް ނިސްބަތްވާ އަންހެނަކު ބުނެފައިވާ ގޮތުގައި އޭނާ ކަމަދޫ ކައުންސިލްގެ ރައީސް ކަމަށް ގެންނަން ވޯޓް ދިނީ މިނިވަން ކައުންސިލަރެއްގެ ގޮތުގައި ކުރިމަތިލި ކެންޑިޑޭޓް އަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އިއުލާން ކުރިއިރު އޭނާ ވޯޓް ދިން ކަމަށް އޮތީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ.

މިފަދަ އަނެއް ތުހުމަތަކީ ބ.އަތޮޅު ދޮންފަނުގައި ބެހެއްޓި ވޯޓް ފޮއްޓަށް ވޯޓް ލާފައިވާ މަނަދޫ މީހެކެވެ. އޭނާ ބުނާ ގޮތުގައި އޭނާ ވޯޓް ދިނީ މަނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އިއުލާން ކުރިއިރު އޭނާ ވޯޓް ދިންކަމަށް އޮތީ އެމްޑީޕީ ކެންޑިޑޭޓަށެވެ.

ވޯޓް އޮޅުވާލާފައިވާ ކަމަށް އެކި ފަރާތްތަކުން ކުރާ ތުހުމަތުކަށް އިލެކްޝަންސް ކޮމިޝަނުން އަދި މިހާތަނަށް އެއްޗެއް ނުބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top