ޝާހިދު ކަޕޫރުއާ މީރާގެ ކައިވެންޏަށްފަހު ދެން އެންމެއަވަހަށް ފެނިދެންދާނެ ކައިވެންޏަކީ ފިލްމު ގަޖްނީ އިން ހިންދީ ފިލްމީ ދުނިޔެއަށް ތައާރަފްވި އަސިން (29އ.)އާއި އިންޑިޔާގެ މުއްސަނދި ވިޔަފާރިވެރިޔާ ރާހުލްޝަރްމާ(36އ)ގެ ކައިވެނި ކަމުގައި ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ.
މި ކައިވެންޏާބެހޭ ފަހުގެޚަބަރުތައް ބުނާގޮތުގައި މީގެ އެއްއަހަރުކުރިން ރާހުލްޝަރްމާވަނީ އަސިން އަށް ކައިވެނި ހުށަހަޅާފައެވެ.
ރާހުލްއާއި އަސިން އަދި ރަސްމީ ސިފައެއްގައި އެންގޭޖްވަފައެއްނުވެއެވެ. އެކަމަކު ރާހުލް ޕްލޭންކޮށްފައި އޮތްގޮތަށް މީގެ އެއްއަހަރުކުރިން އޭނާވަނީ ސަޕްރައިޒެއްގެ ގޮތުގައި އަސިންގެ ކުރިމަތީގައި ކަކޫމައްޗަށް ތިރިވެ ޔޫރަޕިއަން ސްޓައިލަށް ކައިވެނި ހުށަހަޅާފައެވެ. މި ގޮތަށް ޕްރޮޕޯސްކުރަމުން ރާހުލްވަނީ އަސިންގެ އިނގިލީގައި 20ކެރެޓްރަނުގެ ހަ ކުރޯޑުރުޕީސް (ހަސަތޭކަލައްކަ)ގެ އަގުބޮޑު ޑައިމަންޑެއްޖެހި އަގޮޓިއެއް އަޅުވާފައެވެ.
މިއަނގޮޓިއަކީ ބެލްޖިއަމުން އިމްޕޯޓްކޮށްގެން އޭނާގެ ރައްޓެއްސަކު ލައްވާ މިމުނާސަބަތަށް ޚާއްސަކޮށްގެން ޑިޒައިން ކޮށް ހައްދާފައިވާ އަނގޮޓިއެކެވެ. އަނގޮޓިޑިޒައިންކޮށްފައިވަނީ ރިންގުގެ ބޭރުގައިވާ އަގުބޮޑު ޑައިމަންޑްގެ އެތެރެއިން އޭއާރް (އޭ=އަސިން، އާރް=ރާހުލް) ފެންނަގޮތަށް އެންގްރޭވް ކޮށްގެންނެވެ.
ދެފަރާތުގެ އާއިލާވެސް މިހާރު އިންތިޒާރުކުރަމުންދަނީ މިދެލޯބިވެރިންގެ ލޯބި ދެވަނަ ސްޓޭޖަކަށް އަންނާނެދުވަހަށެވެ.