މަސް ނިމޭއިރު ބާކީހުންނަ ޑާޓާ ބޭނުން ކުރެވޭގޮތް އުރީދޫން ހަދަނީ

mx6pe1094R3jTnostlrauNJnRxc2JggbgYnEB2MH.jpeg

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު

މަސްނިމޭއިރު ބާކީ ހުންނަ ޑޭޓާ ބޭނުން ކުރެވޭނެ އުސޫލެއް އެކުލަވައިލަމުން އަންނަކަމަށް ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދެމުން އަންނަ އެއް ކުންފުނި، އުރީދޫ އިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ މަސް ނިމޭއިރު ބާކީ ހުންނަ ޑާޓާ އަނެއްމަސް ފެށޭއިރު އޭގެ ބޭނުން ނުކުރެވި ކެނޑޭޓީވެ ހުރިހާ ކަސްޓަމަރުންވެސް ޝަކުވާ ކުރާ ކަމަަށެވެ. އެހެންވީމާ މިކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އުސޫލެއް ހަދައި މިމަހު އެއަށް އަމަލުކުރާނެ ކަމަށް އޭނާ ވިދާޅު ވިއެވެ. 

މަސް ނިމޭއިރު ބާކީވާ ޑޭޓާ އަނެއް މަސް ފެށޭއިރު ބޭނުން ނުކުރެވޭ މައްސަލައިގާ ގިނަ މީހުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން، މިއީ ފައިސާދީގެން ގަނެފައިވާ އެއްޗަކަށްވާއިރު އެ ބޭނުން ނުކުރެވޭ ގޮތް ހެދޭނެ އެއްވެސް ބާރެއް މުއާސަލާތީ ޚިދުމަތްދޭ ކުންފުންޏަކަށް އޮވެގެން ނުވާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top