ރާއްޖޭގައި އޮތީ ޕޯން އިކޮނޮމީއެއް

OtNW74EuT3QF9doyxdtU1XqkfxVcfG62VAVGCPTP.jpeg

އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި އޮތީ ޕޯން އިކޮނޮމީ އެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ މުއާސަލާތީ ހިދުމަތްތަކަށް ދައުލަތުން އަހަރަކު 200 މިލިޔަން ރުފިޔާ ޚަރަދު ކުރާއިރު ސަރުކާރުގެ މުއައްސަސާތަކުން އެ ހިދުމަތުގެ 60 ޕަސެންޓް ބޭނުން ކުރަނީ ބަރަހަނާ ސައިޓުތަކަށް ވަންނަން ކަމަށެވެ.

އެހެންވެ ރާއްޖޭގައި އޮތީ ޕޯން އެކޮނޮމީއެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ބަރަހަނާ ސައިޓްތައް ބްކޮލް ކޮށްފިނަމަ ރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ ތަންތަނަށް މާލީ ގެއްލުންވާނެ ކަމަށް ވެސް ބޮންޑޭ ވިދާޅުވެ އިތުރަށް ވިދާޅުވީ، ބަރަހަނާ ސައިޓްތައް ބްލޮކް ކޮށްފި ނަމަ ރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ ތަންތަނަށް 200 މިލިއަންގެ ގެއްލުންވާނެ ކަމަށެވެ. ސައިޓްތައް ބްލޮކް ނުކޮށް ހުންނަނީ އެ ސަބަބާއި ހުރެ ކަމަށާއި، އެހެންނަމަވެސް ސައިޓްތައް ބްލޮކް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top