ބީއެމްއެލްގެ ގްރީން ލޯނު، ރަހުނަކާ ނުލައި ފަސްލައްކައާ ހަމައަށް

Bank-Of-Maldives-780x405.jpg

ގްރީން ލޯނުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފް ކޮށްފައިވާ ލޯނު، ރަހުނަކާ ނުލައި ފަސް ލައްކަ ރުފިޔާއާ ހަމައަށް މިހާރު ލިބޭނެ ކަމަށް އެބޭންކުން ބުނެފި އެވެ.

ތިމާވެއްޓާއި ރައްޓެހި އިއާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް އެ ބޭންކުން އެއްވެސް ރަހުނަކާ ނުލައި ފަސްލައްކަ ރުފިޔާއާ ހަމަޔަށް ދޫކުރާ ގްރީން ލޯނު ތައާރަފްކުމުގެ ބޭނުމަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކުން އިޔާދަކުރަނިވި ހަކަތަ އަށް އަމާޒުކޮށްގެން ހިންގާ ތިމާވެއްޓާ ރައްޓެހި މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

މި އުސޫލާއެއްގޮތަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށާއި، އިންޓްރެސްޓް ރޭޓަކީ %12 ކަމަށް އެ ބޭންކުން ބުންޏެވެ. މިއީ ރަހުނަކާ ނުލައި ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން ބޮޑު އިންވެސްޓެއް ކުރުމަށް ބޭނުންވާ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 20 މިލިއަން ރުފިޔާއާ ހަމައަށް ގްރީން ލޯން ލިބޭގޮތް ހަމަޖައްސައި އިންޓްރެސްޓް ރޭޓް %10 އަށްވަނީ ދަށް ކޮށްފައެވެ.

ބީއެމްއެލްއިން ބުނީ މި ގޮތަށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ޕްރޮޖެކްޓްގެ %15 އަމިއްލައަށް ހަރަދު ކުރަންޖެހޭނެ ކަމަށާ ލޯނު އަނބުރާ ދެއްކުމަށް 20 އަހަރު ލިބޭނެ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top